އެޑްވަޓޯރިއަލް

އެސްއެމްއީ އިނޮވޭޝަން ފަންޑް: އާ ހިޔާލަށް އެހީވާން ތައްޔާރު

Feb 17, 2020

ރާއްޖޭގައި ތިބި އުފެއްދުންތެރި ހިޔާލުގެ އެތައް ޒުވާނުންނެއް ރާއްޖެ ދޫކޮށް ހިޖުރަކޮށްފި އެވެ. ސަބަބަކީ އެ މީހުންގެ ހިޔާލުތަކުގއި ހަގީގީ ކުލަ ޖައްސަައިދޭން އަތުގައި ހިފާނެ ބަޔަކު ނުވުމެވެ. އެ ހިޔާލުތައް ތަރައްގީކޮށް ވިޔަފާރި އަކަށް ހަދަން އެހީ ވާނެ މީހަކު ނުވުމެވެ.

އެހެންވެ ސަރުކާރުން ވަނީ އެފަދަ ވިޔަފާރި ތަކަށް އިކްއިޓީ ކެޕިޓަލްގެ ގޮތުގައި ހާއްސަ އެހީތެރި ކަމެއް ދޭން ހާއްސަ ފަންޑެއް ތައާރަ ފުކޮށްފަ އެވެ. ފަންޑު ސްޓްރަކްޗާތައް މެދުވެރިކޮށް، ފައިނޭންސް ހޯދަން ޚާއްސަކޮށް ސަރުކާރުން އުފައްދަވާފައިވާ ކުންފުނި، މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން މިވަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ޚާއްސަ ކޮށްގެން، އެސްއެމްއީ އިނޮވޭޝަން ފަންޑު ގެ ނަމުގައި 20 މިލިއަން ރުފިޔާގެ ފަންޑެއް ތައާރަފުކޮށްފަ އެވެ. އެ ކުންފުނިން އޮތީ އުފެއްދުންތެރި ކޮންމެ ހިޔާލަކަށް ވެސް އެހީ ވާން ތައްޔާރުވެފަ އެވެ. މި ފަންޑުން މި ވަނީ އެހީތެރި ކަމަށް ހުޅުވާލާފަ އެވެ.

"ރާއްޖޭގައި އެސްއެމްއީ [ކުދި ވިޔަފާރި އަށް] ލޯނު ނޫން މެކޭނިޒަމެއް ނެތް. އެހެން ގޮތަށް ދެމެހެއްޓެނިވި ގޮތަކަށް ނެތް. އެހެން ނޫނީ ފައިސާ ހުރި މީހަކު ފައިސާ ކޮޅެއް ދީފާނެ. އެވާނީ ވަރަށް ވަންޓު ވަން ޑިސްކަޝަކަށް. ނަމަވެސް މި ފަހަރު މި ތައާރަފުކުރި އެސްއެމްއީ އިނޮވޭޝަން ފަންޑުން މި އިންވެސްޓް ކޮށްދެނީ އިކުއިޓީ. އިނޮވޭޓިވް އައިޑިއާއެއް އޮތްނަމަ އެ ޕްރޮޑަކްޓެއް ކޮމާޝަލް ލެވަލް އަކަށް ގެންދަން މި އެހީވަނީ،" އެމްއެފްއެމްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު އަވަސް އަށް ވިދާޅުވި އެވެ.

މި ފަންޑުގެ މަގުސަދަކީ ވިޔަފާރި ފަށަން ނުވަތަ އިތުރު ހަރުފަ ތަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އީޖާދީ ވިޔަފާރިތައް ފެށުމަށާއި ކުރިއެރުވުމުގެ ގޮތުން ބޭނުންވާ ކެޕިޓަލް ހަމަޖައްސައި ދޭނެ އެވެ.

20 މިލިއަން ރުފިޔާގެ ފަންޑެއް

އެސްއެމްއީ އިނޮވޭޝަން ފަންޑު ފަށަނީ 20 މިލިއަން ރުފިޔާގެ ފަންޑަކުންނެވެ. މަނިކު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ ހަމައެކަނި ފައިސާ ދީފައި ނިންމާލުމެއް ނޫނެވެ. އުފަން ކުރުވާ އާ ހިޔާލު ވިޔަފާރިއަކަށް ބަދަލު ކުރަން އެހީވުމެވެ.

"މިފަދަ ހިޔާލުތައް ވިޔަފާރިއަކަށް ވާނީ ދުވަހުން. އެހެންވެ އިކްއިޓީ އިންވެސްޓްކޮށްފަ އަޅުގަނޑުމެން ވެސް މި ބައިވެރިވަނީ. މިހާރު އަޅުގަނޑުމެންނަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ފަދަ ފަރާތް ތަކުން ވަނީ ބައިވެެރިވެފައި... އެހެންވެ އެ ފަރާތްތަކުގެ ނޯހައުއާއެކު މި ފަދަ ހިޔާލު ތަކަށް އެހީތެރިކަން ދެވިގެން ދާނެ،" މަނިކު ވިދާޅުވި އެވެ.

ފަންޑު ކުރާ ބައެއް ދާއިރާތައް

  • އައިސީޓީ
  • ފިންޓެކް
  • ހެލްތު ޓެކް
  • އެޑިއުކޭޝަން ޓެކް
  • ރީޓެއިލް ޓެކް
  • ވާޗުއަލް ރިއަލިޓީ
  • ޓޫރިޒަމް
  • އާޓް އެންޑް ކަލްޗާ
  • ލޮޖިސްޓިކާ
  • ދަތުރުފަތުރު

ހަމައެކަނި އައިޓީ ދާއިރާއަކަށް ނޫން

މަނިކް ވިދާޅުވި ގޮތުގައި އެހީތެރިކަން ފޯރުކޮށް ދޭނީ ހަމައެކަނި ޓެކްގެ ހިޔާލުތަކަށް ނޫނެވެ.

"ހަމައެކަނި އައިޓީއެކޭ އަޅުގަނޑުމެން ނުބުނާނަން. ވަކިން ލިމިޓެއް ނުކުރަން. މިސާލަކަށް ފަންނު އެކްސްޕޯގައި އެއްވަނަ ލިބުނު ކޮންސްޓްރަކްޝަން ދާއިރާއިން އެއްޗެއް އުފައްދައިގެން. މިއީ ވެސް އަޅުގަނޑުމެން ފަންޑު ކުރެވިދާނެ ކަންތައްތައް،" މަނިކް ވިދާޅުވި އެވެ.

މި މަހުގެ 20 ގައި ކުރިމަތިލެވޭނެ

އެމްއެފްއެމްސީން އެސްއެމްއީ އޮނޮވޭޝަން ފަންޑު ކުރުމުގެ ގޮތުން "މޯލްޑިވްސް އިނޮވޭޓިވް ކުއެސްޓް" ގެ ނަމުގައި މުބާރާތެއް ކުރި އަށް ގެންދާނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މުބާރާތެއް ގޮތުގައި ކުރިއަށް ގެންދާ މި ހަރަކާތުން ހޮވޭ ވިޔަފާރި ތަކަށް ގްރާންޓް ދޫކުރާނެ އެވެ. އަދި އެއް ވަނަ އަށް ދާ މީހަކަށަށް ދުބާއީގައި ބާއްވާ "އެނުއަލް އިންވެސްޓްމެންޓް މީޓިން" އިން ފުރުސަތު ދޭނެ އެވެ.

މަނިކް ވިދާޅުވި ގޮތުގައި އަހަރަކު ފަންޑިން ހަތަރު ރައުންޑު ކުރި އަށް ގެންދާނެ ކަމަށެވެ.

"މިއީ ބޭންކްއެއް ނޫން. އެހެންވީމަ އަހަރަކު ހަތަރު ފަންޑިން ރައުންޑް ބާއްވާނެ. އެ އަށްފަހު އެފަހަރު ހުންނަ ޕްރޮޕޯސަލް ތަކަށް ބިނާކޮށްފަ ޑިސިޝަން ނަގާނީ. ފަންޑު ދޭނީ ކޮން ފަރާތްތަކެއް ކަން ޑިސައިޑް ކުރާނީ،" މަނިކް ވިދާޅުވި އެވެ.