ވިޔަފާރި

ބައެއް ވިޔަފާރިތަކަށް ދެން ޓެކްސް ކްލިޔަރަންސް ހުށަހަޅާކަށް ނުޖެހޭނެ

ބައެއް ވިޔަފާރިތަކަށް ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކުގެ ތެރެއިން އަމިއްލަ ފަރުދުންގެ ވިޔަފާރި ބާތިލް ކުރުމަށް އެދުމަށާއި ކުންފުންޏާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ އުވާލުމަށް ހުށަހަޅާއިރު އަދި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ (އެމްޕްލޮއިމަންޓް އެޖެންސީ) ރަޖިސްޓްރީ ކުރުމަށް އަދި ބާތިލް ކުރުމަށް އެދޭއިރު ޓެކްސް ކްލިޔަރަންސް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

ޓެކްސް ކްލިއަންސް ހުށަހަޅަން ނުޖެހޭ ވިޔަފާރިތައް

  • އަމިއްލަ ފަރުދުންގެ ވިޔަފާރި ބާތިލް ކުރުމަށް އެދުން
  • ކުންފުންޏާއި ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ އުވާލަން ހުށަހެޅުން
  • ވަޒީފާ ހަމަޖައްސައިދޭ އެޖެންސީ (އެމްޕްލޮއިމަންޓް އެޖެންސީ) ރަޖިސްޓްރީ ކުރުން

ސަރުކާރުން ވަނީ ވިޔަފާރިތައް ހިންގުމަށް ފަސޭހަ ބަދަލު ތަކެއް ގެންނަމުންނެވެ. މިގޮތުން ވިޔަފާރިއާ ގުޅޭ އެކި ގާނޫނުތައް ބަދަލު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ. މިއާއެކު މިގޮތުން ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ކުދި ވިޔަފާރި ތަކަށް ލުއި ތަކެއް ގެނެސް ދީފަ އެވެ.