އެޑްވަޓޯރިއަލް

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވިހެއުމަށް ތައްޔާރުވާ ކްލާސް ތަކެއް!

Feb 21, 2020
1

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވިހެއުމަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ބާތު ޕްރެޕަރޭޝަން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވެ އެވެ. އެގޮތުން 12 ސެޝަނަށް ބެހިގެން ތާވަލްކުރެވި ގެންދާ ސެޝަންތަކަކީ ނާސް މިޑްވައިފް އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި އެނެސްތެސިސްޓުން އަދި ޑައިޓިޝަނުންނާއި ފިޒިއޮތެރަޕިސްޓުން ހަރަކާތްތެރިވާ ކްލާސް ތަކެކެވެ.

މި ޕްރޮގްރާމުގެ ދަށުން މާބަނޑު ދުވަސްވަރުގައި ދިމާވާ މައްސަލަތައް ދެނެގަނެ، ދެވޭނެ ފަރުވާތަކުގެ މައުލޫމާތު މަޝްވަރާކުރެވި ގެންދާނެ އެވެ. މީގެ އިތުރުން މި ޕްރޮގްރާމުގެ ތެރޭގައި މާބަނޑުދުވަސްވަރުގައި ކުރެވޭނެ ކަސްރަތު ކްލާސްތަކާއި ގާތުން ކިރު ދިނުމާ ބެހޭ އަދި މައުލޫމާތު ދިނުމަށްޓަކައި ހާއްސަ ކްލާސް ތަކެއް އެކުލެވިފައިވެ އެވެ.

ދަރިފުޅު ފެންވަރުވަން ދަސްކުރުމާއި ވެކްސިންޖެހުމާ މެދު އިރުޝާދު ދިނުމާ ކުއްޖާގެ ބައްޕައަށް ނަގައިދޭ ހާއްސަ ކްލާސްތަކެއް ވެސް ހިމެނެ އެވެ. ހުރިހާ ސެޝަން ތަކެއްގައި ވެސް ކުއްޖާގެ ބައްޕަ ބައިވެރިވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބާރު އަޅަ އެވެ. ވިހެއުމުގައި ތަދު ކުޑަކުރުމަށާއި މައި މީހާ ނުވަތަ ދަރިފުޅަށް ނުރައްކާތެރި އަސަރުތައްކޮށް ފާނެ ކަންކަމުން ރައްކާތެރިވުމަށް މި ޕްރޮގްރާމްގެ ތެރޭގައި އަލި އަޅުވާލެވިގެންދާނެ އެވެ.

ވިހެއުމަށް ތައްޔާރުކޮށްދޭ މި ޕްރޮގްރާމްގެ ކްލާސްތައް މި ވަގުތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ބުރާސްފަތި ދުވަހުގައެ ވެ. މިޕްރޮގްރާމް އިހްތިޔާރުކުރުމަށް 3351610 މިނަންބަރަށް ގުޅުއްވުމުން ނަން ނޯޓުކުރެވޭނެ އެވެ.