އެޑްވަޓޯރިއަލް

އެމްބީއެސްގައި ޓޫރިޒަމް ދާއިރާއިން ކިޔަވަން ރަނުގެ ފުރުސަތެއް

އެންމެ ގިނަ ވަޒީފާ އޮތީ ޓޫރިޒަމް ދާއިރާގަ އެވެ؛ އެކަމަކު މައްސަލައަކީ ދާއިރާއަށް ބޭނުންވާ ތައުލީމީ ގާބިލް ދިވެހިން މަދު ވުމެވެ. އެހެންވެ މި ދާއިރާއަށް ދިވެހިން ނެރެން، ހާއްސަކޮށް ޓޫރިޒަމް ދާއިރާ އިން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު މިވަނީ މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން ހުޅުވާލާފަ އެވެ.

އެމްބީއެސްގައި ހިންގާ ބެޗްލާސް އޮފް ހޮސްޕިޓާލިޓީ މެނޭޖުމަންޓް ޕްރޮގްރާމް ވެފައިވަނީ ޓޫރިޒަމް ސިނާއަތުގެ މެނޭޖުމަންޓް ދާއިރާ އަށް ވަންނަން ޝައުގުވެރިވާ ދިވެހިންނަށް ހާއްސަ ޕްރޮގްރާމް އަކަށެވެ. މި ޕްރޮގްރާމު ފުރިހަމަ ކުރާ މީހަކަށް ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި ކުރާ މަސައްކަތް ތަކަށް ލޯ ހުޅުވިގެންދާނެ އެވެ. އެފްއެންބީ ދާއިރާ އިން ފެށިގެން ހައުސް ކީޕިންގެ އުކުޅުތައް ދަސްވާއިރު، މި ވިޔަފާރީގެ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ އެވެ.

ކޯހަށް ވަނުމުގެ ޝަރުތު

މި ކޯހަށް ކުރިމަތިލެވޭނީ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން ފުރިހަމަ ކޮށްފައިވާ މީހުންނާއި ލެވަލް ހަތަރެއްގެ ކޮލިފިކޭޝަން ނުވަތަ ލެވަލް ހަތަރެއްގެ ފައުންޑޭޝަން ފުރިހަމަ ކުރުން ނުވަތަ ބެޗްލާސް ޑިގްރީ ނޫނީ އެސޯސިއޭޓް ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.

ތިން އަހަރުގެ މި ޕްރޮގްރާމްގައި ތިން މޮޑިއުލްއެއް ކިޔަވައި ދޭނެ އެވެ. މި މޮޑިއުލްސްތައް ފަރުމާކޮށްފައިވަނީ ޓޫރިޒަމް ދާއިރާ އަށް ބޭނުން ވާނެ ހުރިހާ ހުނަރު ތަކެއް ލިބޭނެ ގޮތަށެވެ.

ހިލޭ ކިޔެވޭ، އޮންލައިން ޕްރޮގްރާމެއް

ބިޒްނަސް ސްކޫލުގެ ބެޗްލާސް އޮފް ހޮސްޕިޓާލިޓީ މެނޭޖުމަންޓް ޕްރޮގްރާމްއަކީ ފުލީ އޮންލައިން ޕްރޮގްރާމް އެކެވެ. އެހެންވެ ބޭނުން ތަނަކު ހުރެގެން އަމިއްލަ ޓައިމްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން މިއީ ސަރުކާރުން ދޭ "ހިލޭ ޑިގުރީ ޕްރޮގްރާމް" ގެ ދަށުން ކިޔެވޭ ޕްރޮގްރާމް އެކެވެ. އެހެންވުމުން އަމިއްލަ ޖީބުން އިތުރު އެއްޗެއް ނުގޮސް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިވާނެ އެވެ.