ހަބަރު

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ބީއެމްއެލްއިން އިތުރުކޮށްފި

Mar 5, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީގެ މުއްދަތު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ، ބަދަލާއެކު ވިހެެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަ މަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތަށް ބަލައި ދެ މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މީގެތެރޭގައި މުސާރަ އާއެކު އެއްމަސްދުވަހުގެ ޗުއްޓީ އެއް ދިނުމަށްވަނީ ކަނޑައަޅާފައެވެ.

އޭގެއިތުރުން ބީއެމްއެލްއިން ބުނި ގޮތުގައި ދަރިފުޅު ލިބުމާ ގުޅިގެން ފިރިންހެން މުވައްޒަފުންނަށްވެސް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދަރިފުޅު ލިބޭތާ ހަތް މަސް ދުވަސް ތެރޭ މި ޗުއްޓީ ނެގޭ ގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.

ވިހެއުމާ ގުޅިގެން މިހާރު އަންހެން މުވައްޒަފުންނަށް ލިބެނީ ދެ މަހުގެ ޗުއްޓީއެކެވެ. އަދި ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ދެމުން އައީ ތިން ދުވަހެވެ. މި ގެނައި ބަދަލުގައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.