ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
LIVE UPDATES

މާލޭގައި ކޮވިޑް ޖެހިފައިވާ 14 މީހުން

މާލެ ތެރެއިން ކޮވިޑް-19 ބަލިޖެހިފައިވާ މީހުންގެ އަދަދު މިއަދު ވަނީ 14 އަރާފަ އެވެ. އެއީ 13 ދިވެހިންނާއި އެއް ބަންގްލަދޭޝް މީހެކެވެ. ބަލީގެ ނުރައްކާ މާލެއަށް ބޮޑުވެފައިވާއިރު މާލެއަށް ވަނީ މީހުން ބޭރަށް ނިކުމެ ނޫޅެވޭ ގޮތަށް 14 ދުވަހަށް ލޮކްޑައުން އިއުލާން ކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް ވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެެވޭ ގޮތަށް ވަނީ ލޮކްޑައުންއަކަށް ގެނެސްފަ އެވެ. ރާއްޖޭގެ ހާލަތު ކުރިއަށް އޮތް 14 ދުވަސް ތެރޭ ގޯސްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.