ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އިޓަލީގެ އެންމެ ވަރުގަދަ މެޗަށް ސްޓޭޑިއަމް ބަންދު

ޑާބީ ޑިޓާލިއާގެ ނަމުން މަޝްހޫރު ވެފައިވާ، އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާންގެ މެޗުވެސް ސަޕޯޓަރުން ނުވައްދައި ސްޓޭޑިއަމް ތަޅުލައިގެން ކުޅުމަށް ނިންމައިފި އެވެ.

ކޮވިޑް 19 ގެ ސަބަބުން، އިޓަލީގެ ގިނަ ކުޅިވަރު އިވެންޓްތައް ވަނީ ކެންސަލް ކޮށްފަ އެވެ. މިހާރު އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަނުން ނިންމާފައި ވަނީ އޭޕްރީލް ތިން ވަނަ ދުވަހާ ހަމައަށް އިޓާލިއަން ލީގްގެ ހުރިހާ މެޗެއް ސްޓޭޑިއަމް ބަންދުކޮށްގެން ކުޅުމަށެވެ.

ސްޓޭޑިއަމް ބަންދުކޮށްގެން ކުޅެން ޖެހުނު ނަމަވެސް، ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ބުނީ، އިޓާލީގެ ފުޓްބޯޅައިގައި އެންމެ ހާއްސަ މެޗަށް ވެގެންދާނެ ކަމަށެވެ.

"އެއީ މި ދެ ކުލަބުގެ ތާރީހާއި ދެ ކުލަބުގެ ހައިބަތަށް ބަލާފައި މިއީ ސޭރިއާ ގައި އެންމެ ޝަރަފުވެރި މެޗު، އަދި މި ސީޒަންގައި ދެ ޓީމު އޮތް މަގާމަށް ބެލިއަސް މީ އެންމެ ހާއްސަ މެޗު،" ޔުވެންޓަސްގެ ވެބްޒައިޓަށް ދިން އިންޓަވިއުގައި ސާރީ ބުންޏެވެ. "އެންމެ ފަހުގެ ދެ ޓްރާންސްފާ ވިންޑޯގައި ގެނައި ބަދަލުތަކުން އިންޓަ ވަނީ ލީގް ހޯދުމުގެ ރޭހުގައި އަހަރެމެންނެކޭ އެއްގޮތަށް ފޭވަރިޓް ޓީމަކަށް ވެފަ، އަހަރެން އިންތިޒާރު ކުރަނީ ވަރަށް ރަނގަޅު ގޭމެއް ފެނިގެންދާނެ މެޗަކަށް."

މިދިޔަ ހަފުތާގައި، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ، އޭނާގެ ސީނިއާ ކެރިއަރުގައި 1000 ވަނަ މެޗު ކުޅެފަ އެވެ. ސާރީ ބުނީ ރޮންލްޑޯ ދެން ކުރިމަތި ލާނީ އާ ޗެލެންޖެއް ހާސިލު ކުރުމަށް ކަމަށެވެ.