ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔުވެންޓާސް

45 ދުވަހަށްފަހު ޑިބާލާ ކޮވިޑުން ރިކާވާ ވެއްޖެ

ކޮވިޑް-19 އަށް ޕޮޒެޓިވް ވިތާ 45 ދުވަހަށް ފަހު ޔުވެންޓަސްގެ ފޯވަޑް ޕައުލޯ ޑިބާލާ ބަލިން ފަސޭހަ ވެއްޖެ އެވެ.

ޔުވެންޓަސްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޑިބާލާ ދެ ފަހަރަށް ޓެސްޓް ކުރުމުން ވެސް ދެ ޓެސްޓްގެ ނަތީޖައިން ދެއްކީ މިހާރު އޭނާ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އޭގެ މާނައަކީ 45 ދުވަހަށް ފަހު ޑިބާލާ ކަރަންޓީނުން މިނިވަން ވުމެވެ.

އާޖެންޓީނާގެ ފޯވަޑަކީ، ޔުވެންޓަސްގެ ކުޅުންތެރިންގެ ތެރެއިން ވައިރަހަށް ޕޮޒިޓިވް ވި ތިން ވަނަ ކުޅުންތެރިޔާ އެވެ. ޑިފެންޑަރު ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީ ވެސް ޕޮޒިޓިވް ވިއެވެ. އެހެން ނަމަވެސް އެ ދެ ކުޅުންތެރިން ވަނީ މިދިޔަ މަހު ބަލިން ފަސޭހަ ވެފަ އެވެ.

ޑިބާލާއަށް ކޮވިޑް-19 ޖެހުނީ މާޗް މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ ބަލިން ފަސޭހަ ނުވެ ގިނަ ދުވަސްތަކެއް ހޭދަ ވި އެވެ. ބަލިން ފަސޭހަވި ނަމަވެސް އުނދަގޫތަކެއް ހުރި ކަމަށް ކުޅުންތެރިޔާ ވަނީ ބުނެފަ އެވެ. އެގޮތުން އަވަހަށް ވަރުބަލި ވުމާއި، ނޭވާ ކުރުވުމުގެ މައްސަލަ އާއި ރޭގަނޑު ފިނިވެ ނިދަން އުނދަގޫވަ މައްސަލަ ފާހަގަ ކުރެވިފައިވާ ކަަމަށް އޭނާ ބުނެ އެވެ.