ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކްރިސްޓިއާނާ ރޮނާލްޑޯ

ކޮވިޑް ބަލި ރޮނާލްޑޯއަށް ޖެހިއްޖެ

ކޮވިޑް-19 ގެ ބައްޔަށް ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޮޒިޓިވް ވެއްޖެ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމާއެކު މިވަގުތު ހުރި ޔުވެންޓަސްގެ ފޯވަޑް ޕޮޒިޓިވް ވިކަން ހާމަ ކުރީ ޕޯޗްގަލްގެ ފުޓްބޯޅަ ފެޑްރޭޝަނުންނެވެ. ޕޯޗްގަލް ތައްޔާރު ވަމުންދަނީ ޔޫއެފާ ނޭޝަން ލީގްގައި ސްވިޑެން އާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ޕޯޗްގަލްގެ ޓީމުގެ ހުރިހާ ކުޅުންތެރިން ވަނީ ޓެސްޓް ކޮށްފަ އެވއ. އިތުރު އެހެން ކުޅުންތެރިޔަކު ޕްޒިޓިވް ނުވާ ކަމަށް ޕީއެފްއެއފުން ބުނެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވުމުން ރޮނާލްޑޯ، 35 ބުނެފައި ވަނި އޭނާގެ ހާލު ރަނގަޅު ކަމަށާއި ބަލީގެ އަލާމާތެއް ފެންނަން ނެތް ކަމަށެވެ.