ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޑިބާލާ ކޮވިޑުން ރަނގަޅެއް ނުވި

ކޮވިޑް-19 އަށް ޕޮޒިޓިވް ވިތާ ހަ ހަފުތާ ވީއިރުވެސް، ޔުވެންޓަސްގެ ފޯވަޑް، ޕައުލޯ ޑިބާލާ ފަސޭހަ ނުވާ ކަމަށް އެނާގެ ގާތް މިހަކު ބުނެފި އެވެ.

ޑިބާލާ އާ ދާދި އެއްކޮށް ކަހަލަ ގޮތަކަށް، ކޮވިޑް ޖެހުނު ޔުވެންޓަސްގެ ޑިފެންޑަރު، ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީ ވަނީ ކޮވިޑް-19 އިން ރަނގަޅުވެފަ އެވެ.

ޑިބާލާ އަންނަނީ މަޑުމަޑުން ރަނގަޅު ވަމުން، އޭނާ ދަނީ ކޮންމެވެސް ވަރަކަށް އަމިއްލައަށް ޓްރެއިނިންތައް ހަދަމުން،" އޭނާގެ ގާތް މީހަކު ސީއެންއެންގައި ބުނެފައި ވެއެވެ. "އެހެންނަމަވެސް އެންމެ ފަހުން ޓެސްޓް ހެއްދިއރުވެސް ފާހަގަ ވެފައި ވަނީ އޭނާ އަދިވެސް ރަނގަޅު ނުވާ ކަމަށް."

ޑިބާލާ މީހާތަނަށް ވަނީ ހަތަރު ޓެސްޓް ހައްދާފަ އެވެ. ފުރަތަމަ ދެ ޓެސްޓްގައިވެސް އޭނާގެ ހަށިގަނޑުގައި ވައރަސް ހުރި ކަމަށް ދެއްކި އެވެ. އޭނާ މިހާރު މަޑުކޮށްގެން ހުރީ ތިނެއް އަދި ހަތަރު ވަނަ ޓެސްޓްގެ ނަތީޖާ ލިބެންދެނެވެ.

ޔުވެންޓަސްއިން ބުނީ، އާޖެންޓީނާގެ ފޯވަޑްގެ ގައިގައި އަދިވެސް ކޮވިޑް އެބަހުރި ކަމަށާއި އޭނާ ރަނގަޅު ވުމުން އެކަން އިއުލާން ކުރާނެ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން ޑިބާލާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މަހު 21 ގަ އެވެ. އޭނާ އާއި އޭނާގެ ލޯބިވެރިޔާވެވެސް އޭރު ޕޮޒިޓިވް ވި އެވެ.