ކްރިސްޓިއާނާ ރޮނާލްޑޯ

ފުޓްބޯޅައިގެ ފުރަތަމަ ބިލިއަނަރަކީ ރޮނާލްޑޯ

އާންމުދަނީގެ ގޮތުގައި ބިލިއަން ޑަޮލަރުގެ އާންމުދަނީއެއް ލިބުނު ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔަކީ، ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ފޯބްސް މަޖައްލާއިން ބުނެފި އެވެ.

ފޯބްސްގެ ހިސާބުތަކުން ދައްކާ ގޮތުން، ފުޓްބޯޅައިން އެކަނި ރޮނާލްޑޯ ވަނީ 650 މިލިއަން ޑޮލަރުގެ އާންމުދަނީ އެއް ހޯދާފަ އެވެ. ބާކީ 350 މިލިއަން މިލިއަން ޑޮލަރު އޭނާ އަށް ލިބެނީ އޭނާގެ އެހެން ވިޔަފާރިތަކާއި މާލީ މުއާމަލާތްތަކުންނެވެ.

ރޮނާލްޑޯ ވެފައި ވަނީ މިހާރު ވެސް ކުޅެމުންގެންދާ އެތުލީޓުންގެ ތެރެއިން ބިލިއަން ޑޮލަރުގެ އާންމުދަނީއެއް ހޯދި ތިން ވަނަ އެތުލީޓަށެވެ. އެ ލިސްޓްގައި ދެން ހިމެނެނީ އެމެރިކާގެ ގޮލްފާ ޓައިގާ ވުޑްސް އާއި ހަމަ އެ ގައުމުގެ ބޮކްސިން އެތުލީޓް ފްލޮއިޑް މޭވެދާ އެވެ.

ޓެކްސް ދައްކައި ބާކީ ކުރުމަށް ފަހު ރޮނާލްޑޯ ވަނީ މި އަހަރު 105 މިލިއަން ޑޮލަރު ހޯދާފަ އެވެ. އެހެން ކަމުން އޭނާ ވެފައި ވަނީ މިދިޔަ 12 މަސް ދުވަހުގެ ތެރޭ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އާންމުދަނީއެއް ލިބޭ އެތުލީޓަށެވެ. އެއް ވަނައިގައި ވަނީ ޓެނިހުގެ ތަރި ރޮޖާ ފެޑްރާ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރަށް ހޯދި ރޮނާލްޑޯގެ ވާދަވެރިޔާގެ ގޮތުގައި މީޑިއާއިން ސިފަ ކުރާ މެސީއަށް ފުޓްބޯޅައިގެ ތެރެއިން އާންމުދަނީގެ ގޮތުގައި ލިބިފައި ވަނީ 605 މިލިއަން ޑޮލަރެވެ.