ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ޖޫން 13 ގައި އިޓަލީ ލީގު ފަށަން ކުލަބުތަކުން ބޭނުން

ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދިނުމުން، އަންނަ މަހުގެ 13 ގައި އިޓަލިއަން ލީގު ފަށަން ބޭނުންވާ ކަމަށް އެ ލީގްގެ ކުލަބުތަކުން ބުނެފި އެވެ.

އިޓަލީގެ ސޭރީ އޭ ގެ ހުރިހާ ކުލަބަކުންވެސް ވަނީ، ކުޅުންތެރިންގެ އިންޑަވިޖުއަލް ޕްރެކްޓިސް ފަށާފަ އެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން ކޮމްބިނޭޝަން ޕްރެކްޓިސް ކުރުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ވަނީ ދީފަ އެވެ.

ލީގްގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި، ރައްކާތެރި ކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުމަށާއި ކުޅުންތެރިންގެ ސިއްހަތައް ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަންވެސް އެހާހިސާބަށް ދާއިރު ނިމެނޭ ކަމަށެވެ.

"އެހާހިސާބުން ލީގް ފެށުމަށް ކުލަބުތަކުން ތިބީ ތައްޔާރަށް، ކުލަބުތަކުގެ ފަރާތުން ނިންމަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވާނެ ކަމުގެ ޔަގީން ދެން." ސޭރީ އޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެ އިޓަލީގެ ލީގް މެދުކަނޑާލީ މާޗް މަހުގެ ނުވަ ވަނަ ދުވަހު އެވެ. ވައިރަސް ޖެހިގެން އެ ގައުމުގައި 31 މީހުން މަރުވި އެވެ.

ލީގް މެދުކަނޑަލިއިރު، އެއް ވަނައިގައި ޔުވެންޓަސް އޮތީ 63 ޕޮއިންޓް ހޯދައިގެންނެވެ. ލާޒިއޯ ދެ ވަނައިގައި އޮޓީ 62 ޕޮއިންޓާ އެކު