ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިޓަލީ

ރިސްކު ކުޑަކުރަން އިޓަލީގެ ޓީމަށް 41 ކުޅުންތެރިން

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާނެ ހިރާސް ކުޑަ ކުރުމަށް، 41 ކުޅުންތެރިން ހިމަނައިގެން އިޓަލީގެ ގައުމީ ސްކޮޑް އިއުލާން ކޮށްފި އެވެ.

ގައުމީ ޓީމަށް 41 ކުޅުންތެރިން ނެދުމުގެ ބޭނުމަކީ ޕޮޒިޓިވް ވި ކުޅުންތެރިން ބަލި ރަނގަޅުވިޔަސް ޕްރޮޓޮކޯލް ފުރިހަމަ ނުވާތީ ޓީމުގައި ބައިވެރި ވެވިދާނެ ކަމާމެދު ސުވާލު އުފެދޭތީ އެވެ. އޭރުން، ޕޮޒިޓިވް ނުވެ ތިބި ކުޅުންތެރިންނާއެކު ޓީމުގެ ޓްރެއިނިންތައް ކުރިއަށް ގެންދެވޭނެ އެވެ.

އިޓަލީގެ ޓީމުގެ ކުޅުންތެރިންނަށް ކުރިއަށް އޮތް އިންޓަނޭޝަނަލް ބުރޭކްގައި ޓީމުގައި ބައިވެރި ވެދިދާނެ ކަމާކެދު ވަނީ ސުވާލު އުފެދިފަ އެވެ. ސެރީ އޭ ގެ ހަ ކުލަބަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ކޮވިޑް ޖެހި ވަނީ އެކަހެރި ކޮށްފަ އެވެ. ފިއޮރެންޓީނާ، ޖެނޯއާ، އިންޓަ މިލާން، ލާޒިއޯ، އޭއެސް ރޯމާ އަދި ސަސުއޯލާ އަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ވައިރަހަށް ޕޮޒިޓިވް ވެ އެކެހެރި ކޮށްފަ އެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނީ އެކަހެރިކޮށްފައިވާ ކުޅުންތެރިން، ސިއްހީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ސިއްހީ އިދާރާއިން ހުއްދަ ދޭނަމަ ގައުމީ ޓީމުގައި އެ ކުޅުންތެރިންނަށް ބައިވެރިވެވިދާނެ ކަމަށެވެ.

ޔޫރަޕިއަން ގޯލްޑަން ބޫޓް މިދިޔަ ސީޒަންގައި ހޯދި، ލާޒިއޯގެ ފޯވަށް ޗީރޯ އިމްމޯބިލޭ ވެސް ވަނީ ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ވެފަ އެވެ. އިޓަލީގެ ކޯޗް ރޮބޯޓޯ މަންޗިނީވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.