ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިޓަލީ

އިޓަލީގެ ކުލަބުތައް މިއަދު ޕްރެކްޓިހަށް

ކޮރޯނާ ވައިރަސްގެ ސަބަބުން 50 ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން މެދުކަނޑާލަފައިވާ އިޓާލިގެ ފުޓްބޯޅަ ހަރަކާތްތައް ފެށުމަށް ކުލަބުތަކުން ތައްޔާރު ވެއްޖެ އެވެ.

އިޓަލީގެ ސަރުކާރުން ޕްލޭން ކޮށްފައި ވަނީ، މި މަހު 18 ވަނަ ދުވަހު ލޮކްޑައުންއަށް ލުއިތަކެއް ގެނައުމަށެވެ. އަދި އެ ތާރީހުން ފެށިގެން ޓީމު ސްޕޯޓްސްގެ މުބާރާތްތައް ފެށުމަށެވެ.

އިޓަލީގެ ބައެއް ހިސާބުތަކަށް ނިސްބަތްވާ ކުލަބުތަކުން ވަނީ، މިއަދު ޕްރެކްޓިސް ފެށުމަށް ނިންމާފަ އެވެ. އެގޮތުން ސަސުއޯލޯއިން ވަނީ މިއަދު ޕްރެކްޓިހަށް ނުކުންނަން ތައްޔާރު ކަމަށް އިއުލާން ކޮށްފަ އެވެ. ކޮރޯނާ ވައިރަސްއިން އިޓަލީގެ ހުރިހާ ސަރަހައްދެއް މުޅިން ކޮންޓްރޯލް ނުކުރެވެ އެވެ.

އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން އަންގާފައި ވަނީ. ޕްރެކްޓިސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ފިޒިކަލް ޑިސްޓެންސް ހިފަހައްޓައިގެން ޕްރެކްޓިސް ކުރިއަށް ގެންދިއުމަށެވެ.