ވިޔަފާރި

ތިލަފުށްޓާއި ގުޅީފަޅުގައިވާ އުޅަނދުތައް ނަގަނީ

ހުއްދަ އާއި ނުލައި ތިލަފުށްޓާއި ގުޅީފަޅުގައި ހުރި އުޅަނދުތައް ނަގަން، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މުހުލަތެއް ދީފި އެވެ.

ޖީއެމްއައިޒެޑްއެލް އިން ބުނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ. ތިލަފުށްޓާއި ގުޅީފަޅުގައި ހުރި އުޅަނދުތައް ނަގަން، މީގެ ކުރިން ފުރުސަރު ދިންނަމަވެސް އުޅަނދުތައް ނަގާފައި ނުވާ ކަމަށާ، އެހެންކަމުން މިމަހުގެ 25 ގެ ނިޔަލަށް ނަގަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ. އަދި އޭގެފަހުން އިތުރު ފުރުސަތެއް ނުދީ އުޅަނދުތައް ނަގާނެ ކަމަށެވެ.

މީގެ އިތުރުން ތިލަފުއްޓާއި ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭ ގޮތަށް އާންމު ސަރަހައްދުތަކުގައި އެ ކުންފުނީގެ ހުއްދަ ނެތް އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި މުދަލާއި ތަކެތީގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަނަށާއި ތިލަފުށީގެ ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކަށް ދަތިވާތީ، އެ ތަކެތި ނަގަންވެސް ފުރުސަތެއް ދީފަ އެވެ. މިހާރު ދީފައިވާ މުއްދަތު ހަމަވުމަށްފަހު އެތަންތަނުން އުޅަނދުތައް ނަގައި ނައްތާލާނެ އެވެ.