ހަބަރު

މިދިޔަ މަހު 3000 އަށްވުރެ ގިނަ ޕާސްޕޯޓް ހައްދައިފި

Mar 15, 2020

މިދިޔަ މަހު 3،468 ޕާސްޕޯޓް ހައްދާ ދީފައިވާ ކަމަށް އިމިގްރޭޝަން އިން ބުނެފި އެވެ

އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޭރުގެ އެމްބަސީތައް މެދުވެރިކޮށް މިދިޔަ މަހު 42 ޕާސްޕޯޓެއް ހައްދާފައިވެ އެވެ. އަދި ޕާޑްޕާޓީ އެޕްލިކޭޝަންގެ ގޮތުގައި ބަލައިގަތް އެޕްލިކޭޝްތަކުން މާލެ އިން 723 ޕާސްޕޯޓެއް ހެއްދިއިރު، ރަށްރަށުން 68 ޕާސްޕޯޓެއް ހަދައިދީފައިވެ އްެވެ.

އިމިގްރޭޝަންގެ ހިސާބުތައް ދައްކާ ގޮތުގައި އިމަޖެންސީ ހާލަތް ތަކެއް ދިމާވެގެން 11 ޕާސްޕޯޓެއް ވަގުތުން ވަގުތަށް ހަދައިދީފައިވެ އެވެ. މީގެ އިތުރުން މިދިޔަ މަހު 15 ޕާސްޕޯޓް ކޯޑު ވެސް ވަނީ ހައްދާފަ އެވެ.

އިމިގްރޭޝަން އިން ދަނީ އަތޮޅުތަކުގައި ވެސް އޮފީސްތައް ހުޅުވައި ހިދުމަތް ދެމުންނެވެ. މިދިޔަ މަހު އިމިގްރޭޝަންގެ ދިއްދޫ އޮފީހުން 32 ޕާސްޕޯޓް ހައްދާފައިވާއިރު، ކުޅުދުއްފުށިން 63 ޕާސްޕޯޓް އަދި މާލޭގައި ހުންނަ އިމިގްރޭޝަންގެ އޮފީހުން 2،343 ޕާސްޕޯޓް ހައްދާފައިވެ އެވެ. މީގެ އިތުރުން ފުވައްމުލަކު 29 ޕާސްޕޯޓު ސ. ހިތަދޫ އޮފީހުން 88 ޕާސްޕޯޓެއް ހެއްދި އެވެ.