AVAS PHOTO ESSAY

ފޮޓޯ އެސޭ: އިސްކުރަންވީ ފަރުދީ ޒިންމާ

ކޮވިޑް-19 ދުނިޔެއަަށް ފެތުރުނު އިރު ރާއްޖޭގައި ވެސް މިހާރު އެ ވަބާ އެބައޮތެވެ. އެ ބަލީގެ ވައިރަހުން ރައްކާތެރިވުމަށް އެޅެން އޮތް ކޮންމެ ފިޔަވަޅެއް ވެސް މިވަގުތު އެޅުން މުހިއްމެވެ. ކިތަންމެ ކުޑަ ކަމެއް ވިޔަސް މި ވަގުތު އެންމެ މުހިއްމީ ފަރުދީ ޒިންމާ އަދާކޮށް އަމިއްލަ ނަފުސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

-- އަހުމަދު އަޝްހާދު (ޖެރީ) | އަވަސް

މަގުމައްޗަށް ކުޅުޖެހުން ހުއްޓާލާ

މަގުމައްޗަށް ކުޅު ނުޖަހާށެވެ. މަގުމައްޗަށް ކުޅުު ޖަހައިގެން އޭގައި ހިމެނޭ ޖަރާސީމުތައް އެތައް ދުވަހެއް ވަންދެންް ހުރެ އެވެ. ބަލިމަޑުކަމެއް ފެތުރިގެން އުޅޭ އިރު މަގުމައްޗަށް ކުޅު ޖަހައިގެން އެހެން މީހުންނަށް ވެސް ބަލި ޖެހުމުގެ ފުުރުސަތު ނޭނގި ނަމަވެސް އެބަ ދެވެ އެވެ. ފަރުދީ ޒިންމާ އަދާ ކޮށް، މި ކަމުން ދުުރުވާށެވެ.

މިވަގުތު ގޭގައި ނަމާދު ކުރޭ

މިވަގުތު ޖަމާއަތުގައި ނަމާދު ނުކުރަން ދިވެހި ސަަރުކާރުން ވަނީ ނިންމާފަަ އެވެ. މި ދުވަސްްވަރު ގޭގައި ނަމާދުކޮށް މިސްކިތަށް ނާރަން އެދޭ އިރު މިހާރު ވެސް ބައެއް މީހުން ޖަމާއަތް ހަދައިގެން ނަމާދު ކުރެ އެވެ. އަންގާފައިވާ ގޮތަށް މިވަގުތަށް ރަނގަޅު ވާނީ ގޭގައި ނަމާދުގެ އަޅުކަން އަދާ ކުރުމެވެ.

ސްކޫލް ބަންދު ކުރިޔަސް ކިޔެވޭނެ

ސްކޫލްތައް ތިން ހަފުތާއަށް ބަންދު ކުރި ކަމުުގައި ވިޔަސް، ގޭގައި ތިބެގެން ވެސް އާއިލާ އާއެކު ކިޔެވުމަށް ސަމާލުވާށެެވެ. ވަގުތު ބޭކާރު ނުކޮށް އޮންލައިންކޮށާއި އަދި އެހެނިހެން ވަސީލަތްތައް ބޭނުންކޮށް އުނގެނުމަށް މަސައްކަތް ކުރަންވީ އެވެ. އެ ފުރުސަތު އެބައޮތެވެ.

ކެއްސާ ކިނބި އަޅާއިރު ރައްކާތެރިވުން

ކެއްސާ ކިނބިހި އަޅާ އިރު ޓިޝޫ ބޭނުން ނުކުރާނަމަ އުޅަނބޮށި އަަނގައާ ކައިރި ކޮށްފަ ކިނބިހި އަޅާށެވެ. އެހެން ހެދުމުން ޖަރާސީމުތައް ފެތުރުން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ޓިޝޫ ބޭކާރު ކުރުމުގެ ބަދަަލުގައި މި "ޑެބް" މާ ފަސޭހަ ވެސް ވާނެ އެވެެ.

ގޭގައިވެސް ކޮފީ ބޮވޭނެ

ކޮފީ މޭޒުތައް މިވަގުތު ހުސް ކުރަަން އެބަ ޖެހެ އެވެ. އާއްމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސަރުކާރުން އަަންގަމުން ދާއިރު އަަދިވެސް ރެސްޓޯރަންޓުތަކާއި ކެފޭތަކުން މީހުން މަދެއް ނުވެ އެވެ. ފަހުން ރައްޓެހިންނާއެކު ކެފޭއަށް ދާނީ އެވެ. މި ވަގުތަށް، އަަމިއްލައަށް އިސް ނަގައިގެން ގޭގައި މަޑު ކުރާށެވެ. ގޭގައި ވެސް ކޮފީ ބޮވޭނެ އެވެ.

ކުރާ މަސައްކަތުގެ ބޭނުމެއް ނެތް!

ބަލާއާފާތުގެ މި ދުވަސްވަރު ހުއްޓުމެއް ނެތި ބުރަކޮށް މަސައްކަތް ކުރަަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ހެލްތު ވޯކަރުންނެވެ. އެމީހުންގެ އޮތީ އެންމެ އާދޭހެކެވެ. އެންމެން ގޭގައި މަޑު ކޮށްދޭށެވެ. އާއްމުން އެއްވެ އުޅޭ ތަންތަނަށް ނުނުކުންނާށެވެ. އެމީހުންގެ އާއިލާތައް ގޭގައި ބައިތިއްބާފަައި ނުކައި ނުބޮއެ އެތައް ވަގުތެއް ހޭދަ ކުރާއިރު އެ މަސައްކަތުގެ ބޭނުމެއް އެހެން ނޫނީ ނުހިިފޭނެ އެވެ.

ވީހާވެސް ދުރުދުރުން އުޅޭ!

މިއީ ފިހާރައަށް ގޮސް ވިޔަފާރި ކުރާށާއި ފިނި ބުރު ޖަަހަން ނުކުންނަންވީ ވަގުތެއް ނޫނެވެ. މީހުން އެއްވާ ތަންތަނަށް ނުގޮސް ވީހާވެސް ދުރުދުރުން އުޅޭށެވެ. އެކަކު ކުރާ ކަމަކުން ވެސް އެތައް ބަޔަކަށް މި ބަލި ޖެހުން އެކަށީގެންވެ އެވެ. ބުއްދިވެރީ އަމިއްލަ ސަލާމަތް ހޯދުމެވެ. މީހުންނާ ކައިރިވާނެ ކަމެއް ނެތެވެ. އެއްވާނެ ކަމެއް ނެތެވެ.

ގިނަގިނައިން އަަތް ދޮވެ، ރައްކާތެރިވޭ

ކޮރޯނާ ވައިރަހުން ސަލާމަތްް ވާން އޮތް އެންމެ ފަސޭހަ ގޮތަކީ ގިނަ ގިނައިން އަަތްް ދޮވުމެވެ. އަތް ދޮވެ ޖަރާސީމުތައް ނައްތާލުމެވެ. ރަައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 20 ސިކުންތުު ވަންދެންް އަތް ދޮންނާށެވެ. ގޭތެރޭގެ ކަންކަން ކުރުމަށްފަަހު ވެސް އަތް ދޮވުން މުހިއްމެވެ.

މިއީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް

މިއިން ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް މި ވަގުތު ގައުމަށް އޭގެ ބޭނުން ރަނގަޅަށް ހިފޭނެ އެވެ. އެކަކު ކުރާ އެންމެ ކަމަކުންވެސް ނަތީޖާ ފެންނާނެ އެވެ. އެހެންވެ މި ވަގުތު އިސް ކުރަަންވީ ފަަރުދީ ޒިންމާ އެވެ.