ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އާ ވޭރިއަންޓަށް ސަމާލުވާން އެޗްޕީއޭ އެދެފި

ހެލްތު މިނިސްޓަރުނަސީމް އާއި އެޗްޕީއޭގެ ޑިރެކްޓާ ޖެނަރަލް މައިމޫނާ: އާ ވޭރިއަންޓާ ގުޅިގެން ސަމާލުވާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި-- ފޮޓޯ/ އަވަސް
0%
0%
0%

ކޮވިޑް-19 އިގެ އާ ވޭރިއަންޓް، "އޮމިކްރޯން" އާ ގުޅިގެން އިތުރަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސެއް ކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އޮމިކްރޯންއަކީ މިހާތަނަށް ފެނުނު އެންމެ ގިނަ މިއުޓޭޝަންސްތައް ހުރި ވޭރިއަންޓް ކަމަށާއި އަދި މި ވޭރިއަންޓުން ނުރައްކާ އިތުރުވެދާނެ ކަމަށް ބަލައި ސަމާލުވުމަށް ޑަބްލިއުއެޗްއޯއިން ވެސް ގޮވާލައިފައިވާ ކަމަށެވެ.

މި ވޭރިއަންޓް ހުރި ފަތުރުވެރިއެއް ރާއްޖެއިން ފެނިފައިވާ އިރު ވޭރިއަންޓާމެދު އިތުރަށް ސަމާލުވެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ހާއްސަކޮށް ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް ބަލިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކަށް ބޯލެނބުމަ ށެވެ.

"އާ ވޭރިއަންޓްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލި ފެތުރުން އިތުރުވެ ކޮވިޑް-19ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމެވެ." އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.

އެޗްޕީއޭ އިލްތިމާސްކުރާ ކަންކަން

  • މާސްކު އަޅައި ގައިދުރުކަން ބެހެއްޓުން
  • ބަލީގެ އަލާމާތް ފެންނަ ނަމަ ފްލޫ ކްލިނިކަށް ދެއްކުން
  • ސާމްޕަލް ދިނުމުގައި އެއްބާރުލުން ދިނުން
  • ވެކްސިން ފުރިހަމަކޮށް ބޫސްޓާ ޑޯޒްވެސް ޖެހުން
Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910