ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މޯލްޑިވިއަންއިން އިންޑިއާއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ

މޯލްޑިވިއަން އިން އިންޑިއާ އަށް ކުރާ ދަތުރުތައް މާދަމާއިން ފެށިގެން މެދުކަނޑާލަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ކޮވިޑް-19އާ ގުޅިގެން އިންޑިޔާގެ ވައިގެ ބަނދަރުތަކަށް ދަތުރުކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ މިނަހުގެ 22 ވަނަ ދުވަސް ކަމަށް އެ ގައުމުގެ ސިވިލްއޭވިއޭޝަނުން ނިންމާފައިވާތީ މާދަމާއިން ފެށިގެން އެކުންފުނިން އިންޑިޔާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މެދުކަނޑާލާނެ ކަމަށެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް އިންޑިއާއިން ވަނީ ކުރިއަށް އޮތް އެއް ހަފުތާއަށް އެ ގައުމަށް އެއްވެސް ބޭރުގެ ފްލައިޓެއް ނުޖެއްސުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި އެގައުމުގެ އެއާޕޯޓްތަކުގައި ދަތުރުތައް ކުރާނީ ހަމައެކަނި ޑޮމެސްޓިކް ދަތުރުތައް ކަމަށްވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.