ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
Maldives Cases
18
Confirmed
13
Recoverd
0
Deaths
Global Cases
788,740
Confirmed
165,042
Recoverd
38,018
Deaths
އެފްއޭއެމް

މަސައްކަތްތަކާއެކު އެފްއޭއެމްގެ މުވައްޒަފުން ގޭގައި

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވެ، އާންމުކޮށް ހިނގާ އުސޫލުން ކަންކަން ހިނގުން ހުއްޓުނެވެ. ކަލަންޑަރުގައި ފާހަގަ ކޮށްފައި ނެތް ތާރީހެއްގައި ސަރުކާރު ބަންދުކުރަން މަޖުބޫރުވި އެވެ. މުއައްސަސާތަކުގެ ރަސްމީ މަސައްކަތް ހުއްޓުނީ އެވެ. އެހެންނަމަވެސް އަމިއްލަ ބައެއް މުއައްސަސާތައް މަސައްކަތް މަޑުޖައްސަލެވޭކަށް ނެތެވެ. ހާއްސަކޮށް، ބައިނަލްއަގްވާމީ ކޮންފެޑްރޭޝަންތަކާއި އެފިލިއޭޓް ވެފައިވާ މުއައްސަސާތެކެވެ.

އޭގެތެރެއިން ހާއްސަކޮށް މި ބަލާލަނީ، ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ އެފްއޭއެމްގެ މަސައްކަތްތަކެވެ. އޮފީސްތައް ބަންދު ކޮށް ގޭގައި ތިބެން ސަރުކާރުން އެންގުމުން، އެފްއޭއެމްވެސް ނިންމީ، އެ އެސޯސިއޭޝަންގެ އިދާރާގައި މަސައްކަތް ހުއްޓާލުމަށެވެ. އެހެންނަމަވެސް މަސައްކަތް ހުއްޓި މަޑުޖެހުނީކީ ނޫނެވެ. މަސައްކަތްތައް ހިފައިގެން މުވައްޒަފުން ދިޔައީ ގެއަށެވެ.

މަސައްކަތްތައް ހިފައިގެން ގެއަށް ދިއުމުގެ ކުރިން، އެފްއޭއެމްގެ އާންމު ހިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ހޯދޭނެ ޕްލެޓްފޯމެއް އެ އެސޯސިއޭޝަނުން ވަނީ ގާއިމު ކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރަށަކުނުން ނުވަތަ ޖަމއްިއްޔާއަކުން ކަމެއް ބޭނުންވިޔަސް އެކަން އެފްއޭއެމްގެ އީމެއިލް [email protected] މެދުވެރިކޮށް އެދެވޭނެ އެވެ. އެ އެދުނު ކަމަކަށް އެފްއޭއެމްގެ މުވައްޒަފުން އެޓެންޑް ވާނެ އެވެ.

އޮފީސް ބަންދު ކުރިޔަސް މަސައްކަތްތައް މަޑުޖައްސާ ނުލެވޭނެ އަނެއް ސަބަބަކީ، އެފްއޭއެމް އެފިލިއޭޓް ވެފައިވާ ފީފާ އާއި އޭއެފްސީގެ ނިންމުންތަކުގައި އެ ދެ ކޮންފެންޑްރޭޝަންގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން އެކަންކަމުގައި ރާއްޖޭގެ ހިޔާލާއި މަޝްވަރާ އެފްއޭއެމް ދޭން ޖެހޭނެތީ އެވެ. މިދުވަސްވަރުގައިވެސް ފީފާ އާއި އެއެފްސީން ދަނީ ފުޓްބޯޅައާ ގުޅުން ހުރި މުހިންމު ނިންމުންތަކެއް އަވަސް އަވަހަށް ނިންމަމުންނެވެ

އޭއެފްސީން ވަނީ މި މަހާއި އަންނަ މަހަށް ތާވާލުކޮށްފައިވާ އޭއެފްސީގެ ކުލަބު ހުރިހާ މުބާރާތްތަކެއް ފަސް ކޮށްފަ އެވެ. އޭއެފްސީން ބުނެފައި ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕް ސަސްޕެންޑް ކުރީ، އެ ދެ މުބާރާތް ކުޅޭ ކުލަބުތައް ނިސްބަތްވާ ގައުމުތަކުގެ ފުޓްބޯޅަ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. މިއަހަރު އޭއެފްސީ ކަޕްގައި ރާއްޖޭގެ ދެ ކުލަބުކަމަށްވާ ޓީސީ އާއި މާޒިޔާ ތަމްސީލު ކުރެ އެވެ. އޭއެފްސީ ކަޕް ފަސް ކުރުމުގެ ކުރިން ފީފާއިން ވަނީ އޭއެފްސީ އާ މަޝްވަރާ ކުރުމަށް ފަހު ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ މެޗުތައް ކެންސަލް ކޮށްފަ އެވެ.

މިހާރު ގޭގައި ހުރެ މަސައްކަތްތައް ކުރަމުންދާ އެފްއޭއެމްގެ މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ބުނީ، މަސައްކަތް ކުރާ ޕްލެޓްފޯމް އާއި ވޯކް ޕްލޭސްގެ ތަފާތު ފާހަގަ ކުރެވޭ ކަމަށެވެ.

"މިހާރު މަސައްކަތް މިއޮތީ އޮންލައިން ޕްލެޓްފޯމެއްގައި،" އެފްއޭއެމްގެ ކްމްޕްޓީޝަން އެންޑް ޓޯނަމަންޓް ޑިޕާޓްމެންޓްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ބުންޏެވެ. "ދެން އަނެއް ކަމަކީ ވޯކްޕްލޭސް ތަފާތުވުން، އޮފީހުގައި ނަމަ މަސައްކަތަކާ ގުޅޭ އެއްޗެއް އަހާލަން ޖެހުނަސް ކައިރީގައި އޮފީހުގެ އެހެން މުވައްޒަފުން ތިބޭނެ، މިހާރު ގޭގައި ވީމަ ނޯންނާނެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ކޮންމެ އެއްޗެއް އެހެން މީހަކާ ޑިސްކަސް ކޮށްލެވޭކަށް، އެ ތަފާތު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ."