ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ ހާއްސަ މެސެޖެއް ކުޅުންތެރިންނަށް

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ވެފައިވާ ވަގުތުގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފަރާތްޕުޅުން ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަ މެސެޖެއް ރައްދު ކުރައްވައިފި އެވެ.

ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް ހެޔޮ އެދުންތައް ރައްދު ކުރުމުން، ބައްސާމް ފޮނުއްވި މެސެޖުގައި ވިދާޅުވީ، 2019/2020 ގެ ފުޓްބޯޅަ ސީޒަން ގެ ބާކީ ބައި ކުރިއަށް ނުގެންދާ ގޮތަށް ނިންމާލާފައިި ވަނީ ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކާއި އެފްއޭއެމްގެ މުވައްޒަފުންނާއި މުޅި ފުޓްބޯޅަ އާއިލާގެ ރައްކާތެރިކަމަށް ސަމާލުވުމުގެ ގޮތުން ކަމަށެވެ.

ފެތުރެމުންދާ، ކޮރޯނާ ވައިރަސްއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅު އެޅުމުގައި ހުރިހާ ކުޅުންތެރިންވެސް ޕޮޒިޓިވް ވިސްނުމެއްގައި ތިބުމަށް ބައްސާމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ކޮންމެ މީހަކަށްވެސް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ޕޮޒިޓިވް ވިސްނުމެއް ގެންގުޅުން،" ބައްސާމްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ. "ވައިރަސް ކިބައިން ސަލާމަތް ވުމަށް ކުރާ މަސައްކަތުގައި ކޮންމެ ވަކި ފަރުދަކަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ، އަހަރެމެން އެންމެން އެކުވެރި ކަމާއެކު މިތިބީ އެ މަގްސަދަށްޓަކައި."

ބައްސާމްގެ މެސެޖު

ލޮކްޑައުންގައި ތިބޭއިރު ފިޓްނަސް ހިފެއްޓުމަށާއި ދުޅަ ސިއްހަތެއްގައި ތިބުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ބައްސާމް ވަނީ ކުޅުންތެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.

"އަހަރެންގެ ވިސްނުން ގުޅިފައި ވަނީ ކުޅުންތެރިންގެ ފިޓްނަސްއާ، އަލުން ކުޅެން ނުކުންނައިރު ފިޓްނަސް ހިފެއްހެއްޓުމަށް ރައްކާތެރިވާން ޖެހޭ،" ބައްސާމްގެ މެސެޖު ނިންމާލަމުން ފާހަގަ ކުރައްވާފައި ވެއެވެ. "އަހަރެމެންގެ ކުޅުންތެރިންނަށް އަހަރެން އިލްތިމާސް ކުރަން ބޭނުން ވަނީ ކުޅުންތެރިންގެ ސިކުނޑި [ނަފުސާނީ] އާއި ހަށިގަނޑުގެ [ޖިސްމާނީ] ރައްކާތެރިކަމަށް ޓަކައިވެސް މިހާލަތުގައިވެސް މަސައްކަތް ކުރުމަށް."