ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަވަސް ރީލް

ރާއްޖެއަށް ކިހާ ދުވަހަކު ހިފަހައްޓާ ލެވޭނެ؟

ކޮވިޑް-19 އާއެކު ރާއްޖޭގެ އިގްތިސޯދަށް އަންންނާނެ ބަދަލު ކިޔައިދޭ ރީލްއެއް -- އަވަސް ވިޑިއޯ | އަބޯ

ކޮވިޑް-19 އިގެ ބަލާއާފާތާއެކު ދުނިޔެ މިވަނީ "ހުއްޓިފަ އެވެ. ދުނިޔޭގައި ދަތުރު ކުރާ މީހަކު ނެތެވެ. އެއާލައިންތައް ގްރައުންޑްކޮށް ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ދަތުރު ކުރުން މުޅީން ހުއްޓިއްޖެ އެވެ. މީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ދުނިޔޭގެ ޓޫރިޒަމަށެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި މުޅި ދާއިރާއަށް 30 ބިލިއަން ޑޮލަރާއި 50 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ އެވެ. މި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖެ ފަދަ ހަމައެކަނި ޓޫރިޒަމަށް އިގްތިސޯދުގެ މައި ބަދަ ބަރޯސާ ކޮށްފައިވާ ގައުމުތަކަށެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުމުން ރައްކާތެރި ކުރުމަށްޓަކައި ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ. މައި އެއާޕޯޓް ބަންދު ކުރުމާއެކު ރާއްޖޭގެ އިގްތިސާދަށް ލިބޭ އާމްދަނީގެ 70 ޕަސެންޓް ބަރޯސާވާ ޓޫރިޒަމް ދާއިރާ މުޅީން ވަނީ ހުއްޓިފަ އެވެ. ޓޫރިޒަމްގެ ހުރިހާ ހަރަކާތެއް ހުއްޓިފައި އޮންނަތާ މިހާރުވެސް މަހަކާ ކައިރިވަނީ އެވެ. މި ގޮތަށް ރާއްޖޭގެ އިގްތިސާދަށް ހިފަހައްޓާލެވޭނެ ހެއްޔެވެ؟