ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގައި ފިޔަވަޅު އެޅުން ލަސްވިކަމުގެ ތުހުމަތު

Apr 13, 2020

ވޮޝިންގްޓަން (އޭޕްރީލް 13) - ކޮވިޑް-19 އާ ގުޅިގެން އެމެރިކާގައި އަވަހަށް ފިޔަވަޅު އެޅިނަމަ، އެތަކެއް ފުރާނައެއް ސަލާމާތް ކުރެވުނީސް ކަމަށް ވައިޓްހައުސްގެ ސިއްހީ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ފިޔަވަޅުތައް އަޅައި ލޮކްޑައުން ކުރެވުނުނަމަ، ހާލަތު ވަރަށް ބޮޑަށް ތަފާތުވީސް،" ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ފައުޗީ ވިދާޅުވި އެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 550،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 22،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނަމަވެސް، އަންނަ މަހުގެ ތެރޭގައި އެމެރިކާ ގިނަ ސަރަހައްދުތަކެއް އާއްމު ހާލަތަށް އަންނާނެކަމަށް ލަފާކުރެވޭކަމަށް ފައުޗީ ވިދާޅުވި އެވެ.

ފިޔަވަޅުތައް އެޅުން ލަސްވުމުގައި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި، ސިއްހީ މާހިރުން ދެއްވި ލަފާތައް އަމަލު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި އަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން އާއްމު ހާލަތަށް އެނބުރިއައިސް، އިންތިހާބު ބޭއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ފައުޗީ އިތުރަށް ވިދާޅުވި އެވެ.