ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަސާސީ ހިދުމަތްތަކަށް މާދަމާ ބެންކްތައް ހުޅުވަނީ

Apr 18, 2020
މަރުކަޒީ ބޭންކް އެމްއެމްއޭ---
0%
0%
0%

ލޮކް ޑައުން އިއުލާން ކޮށްފައިވީނަމަވެސް މާދަމާ އާއި ހޯމަ ދުވަހު އަސާސީ ހިދުމަތްދިނުމަށްޓަކައި ބޭންކްތައް ހުޅުވަން ނިންމައިފި އެވެ.

މަރުކަޒީ ބެންކް އެމްއެމްއޭ އިން ބުނީ މާދަމާ އާއި ހޯމަ ދުވަހު ހެނދުނު 9:00 އިން މެންދުރު 12:30 އަށް އެމްއެމްއޭ ހުޅުވާފައި ހުންނާނެ ކަމަށާއި މި ދެދުވަހު ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކްތަކުންވެސް އެކި އެކި ގަޑިތަކުގައި ހިދުމަތް ލިބޭނެ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ މި ދުވަސްތަކުގައި ވަކިވަކި ފަރުދުންނަށް ހިދުމަތް ފޯރުކޮށް ނުދޭނެ ކަމަށާއި އެ ދެދުވަހު މުސާރަ ރިކުއެސްޓްކުރުމާއި، ޓީޓީ ރިކުއެސްޓް ހުށަހެޅޭނެކަމަށެވެ. މީގެއިތުރުން ބޭރަށް ފައިސާ ފޮނުވުމަށް ރިކުއެސްޓްކުރުމާއި، ލެޓާޒް އޮފް ކްރެޓިޑްވެސް ބަލައިގަންނާނެކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ބޭންކްތަކުން އޮންލައިންކޮށް ދެވޭ ހިދުމަތްތަށް ހޯދުމަށް ބޭންކްތަކަށް ދިޔުމުގެ ބަަލުގައި އޮންލައިންކޮށް އެ ހިދުމަތް ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މާލެއިން 14 މީހަކު ކޮވިޑް-19 ވަނީ ޕޮސިޓިވް ވެފަ އެވެ. މީގެ ތެރޭގައި ކުޑަ ތިން ކުދިންނާއި މާބަނޑު މީހަކާއި ބަންގްލަދޭޝް މީހެއްވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910