ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ރޯމާގެ ކުޅުންތެރިން ހަތަރު މަހު މުސާރަ ނުނަގާނެ

އޭއެއެސް ރޯމާގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން، ސީޒަންގެ ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގާ ގޮތަށް ނިންމައިފި އެވެ.

ހެޑް ކޯޗް، ޕައުލޯ ފޮންސެކާ އާއި އޭނާގެ ކުޅުންތެރިން، ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމީ، ކޮވިޑް-19 އާ ގުޅިގެން ކުލަބަށް ކުރިމަތި ވެފައިވާ މާލީ ގޮންޖެހުންތަކާހުރެ ކުލަބަށް އެހީ ވުމަށެވެ. ކޯޗުން ސްޓާފުންނާއި ކުޅުންތެރިން ނިންމާފައި ވަނީ، މާޗް، އޭޕްރީލް، މެއި އަދި ޖޫން މަހުގެ މުސާރަ ނުނެގުމަށެވެ.

ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ ފަރާތުން، ރޯމާގެ ސީއީއޯ ގުއިޑޯ ފިއެންގާއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ރޯމާގެ ޓާގެޓް ހާސިލު ކުރުމަށް ވީ އެންމެ އަވަސް ފުރުސަތެއްގައި ކުޅެން ތައްޔާރަށް ތިބި ކަމަށެވެ.

"ނަމަވެސް ހަމައެކަނި އެކަމަކުން ރޯމާގެ ޕްރޮޖެކްޓް ހާސިލު ނުވާނެ އެވެ." ކުޅުންތެރިންގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ. "ރޯމާގެ ޕްރޮޖެކްޓް ކާމިޔާބު ކުރުމަށްޓަކައި އަހަރެމެންގެ ފަރާތުން މި ޕްރަޕޯސަލް ހުށަހަޅަމެވެ."

ކުލަބުގެ ވެބްޒައިޓްގައި ބުނެފައި ވަނީ، މާލީ އަޑިގަނޑުން އަރައި ގަތުމަށް ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އިސް ނެގުމަކީ މުޅި ރޯމާގެ އާއިލާއަށްޓަކައި ވީ ގުރުބާނީއެއް ކަމަށެވެ. ސީއީއޯ ފިއެންގާ ވިދާޅުވީ މިފަދަ އުނދަގޫ ވަގުތުގައި ރޯމާގެ އޮތް އެކުވެރިކަން ހާމަ ކޮށްދޭ ކަމަށެވެ.

"އަހަރެމެން އަބަދުވެސް ވާހަކަ ދައްކަން ރޯމާގެ އާއިލާގެ އެކުވެރި ކަމާމެދު،" ފިއެންގާ ވިދާޅުވި އެވެ. "އަދި ކުޅުންތެރިންނާއި ކޯޗުން ސްޓާފުން އަމިއްލައަށް އިސްނަގައިގެން ސީޒަންގެ ބަކީ އޮތް ބަޔަށް މުސާރަ ނުނަގާގޮތަށް ނިންމީމަ އެކަމުން ދޭހަ ކޮށްދެނީ ކޮންމެ ވަގުތެއްގައިވެސް އަހަރެމެން މިތިބީ އެއްބައެއްގެ ގޮތުގައިކަން."

ކޮވިޑް-19 ގެ ސަބަބުން، މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިޓާލީގައި ވަނީ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލާފަ އެވެ.