ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އިޓަލީގެ ކޯޗް މަންޗިނީ ކޮވިޑަށް ޕޮޒިޓިވް

އިންޓަނޭޝަނަލް ބުރޭކް ކުރިމަތި ވެފައި ވަނިކޮށް އިޓަލީގެ ކޯޗް ރޮބާޓޯ މަންޗީނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އާދިއްތަ ދުވަހު އިޓަލީގެ ސްކޯޑާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވާތީ، މަންޗިނީ އާއި އޭނާގެ ކޯޗިން ޓީމު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފަ އެވެ.

އިޓަލީގެ ފުޓްބޯލް ފެޑްރޭޝަނުން ބުނީ، ކޮވިޑްގެ އެއްވެސް އަލާމާތެއް މަންޗީނީގެ ގައިން ފެނިފައި ނުވާ ކަމަށެވެ. މިހާރު މަންޗީނީ ވަނީ ރޯމްގައި ހުންނަ އޭނާގެ ގޭގައި އަމިއްލައަށް އެކަހެރި ވެފަ އެވެ.

އިޓަލީގެ ފެޑްރޭޝަނުން ބުނީ، ވީއެންމެ އަވަހަކަށް ޔޫއެފާގެ ޕްރޮޓޮކޯލްއަށް ފެތޭ ގޮތަށް މަންޗީނީ ސްކޮޑާ ގުޅޭނެ ކަމަށެވެ. ކުރިއަށް އޮތް އިންޓަނޭޝަނަލް ބުރޭކްގައި އިޓަލީން އެސްޓޯނިއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި ޕޮލެންޑާ ދެކޮޅަށް ޔޫއެފާ ނޭޝަން ލީގްގައި ނުކުންނާނެ އެވެ.