ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޑިސްއިންފެކްޓް ކުރަން ޕެޓްރޯލް ޝެޑްތައް ބަންދުކޮށްފި

Apr 20, 2020

ޑިސް އިންފެކްޓް ކުރަން ޕެޓްރޯލް ޝެޑްތައް ބަންދުކޮށްފައިވާ ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފި އެވެ.

އެފްއެސްއެމް އިން ބުނީ ޝެޑްތައް މިއަދު މެންދުރުފަހު ތިނަކުން ފެށިގެން ބަންދުކޮށްފައިވަނީ ޑިސް އިންފެކްޓް ކުރަން ކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަށް ހުޅުވާނެ ކަމަށެވެ.

ޕެޓްރޯލް ޝެޑްތައް ބަންދުކޮށްފައި ހުރުމުން ބައެއް ޑެލިވަރީގެ ހިދުމަތް ދޭ ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.

މާލޭގައި އެންމެ ފުޅާކޮށް ޑެލިވަރީގެ ހިދުމަތް ދޭ އެއް ކުންފުނި ކަމަށްވާ ރެޑްވޭވްގެ މެނޭޖަރު އަލީ ނަސީރު ވިދާޅުވި ގޮތުގައި އެ ކުންފުނިން ޑެލިވަރީގެ ހިދުމަތްތަކަށް ޕެޓްރޯލް ޝެޑް ބަންދުކޮށްފައި ހުރުމުން ދަތިވާ ކަމަށެވެ.

"ވަރަށް ބޮޑެތި ދަތިތަކާ އެބަކުރިމަތިވޭ ޝެޑްތައް ބަންދުކޮށްފައި ހުރުމުން،" އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިއުމާއެކު ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ބައެއް ތަންތަން ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.