ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޓިއޯ އިން ތެލުގެ އަގު ބޮޑުތަނުން ހެޔޮކޮށްފި

Mar 21, 2020
1

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮ ވެފައިވުމާއެކު، އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑު ތަނުން ހެޔޮށްފި އެވެ.

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އިން މި މަހު ދެވަނަ ފަހަރަށް ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަ ރަކުން 1.53ރ. ވަނީ ހެޔޮ ކޮށްފަ އެވެ.

މި ބަދަލުގެ ސަބަބުން ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ 8.07ރ. އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ފަހުގެ ތާރީހުގައި އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.

އެސްޓީއޯ އިން ރާއްޖޭގައި ތެލުގެ އަގު އެންމެ ފަހުން ހެޔޮ ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު ގެނައި ބަދަލުގައި ޑީސަލް ލިޓަރަކުން 0.50ލ. އަދި ޕެޓްރޯލް ލީޓަރަކުން 0.53ލ. ހެޔޮ ކުރި އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާ މީހުން މަދުވެ، ދަތުރުކުރާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ. މީގެ ސަބަބުން ތެލަށް އޮތް ޑިމާންޑް ދަށްވެ، ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 30 ޑޮލަަރަށް ވެއްޓިފަ އެވެ.