ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ކޮންޓްރޯލްކޮށްގެން ވިއްކަނީ

ބާޒާރުގައި ފިޔާ އާއި އަލުއްވާއި ބިހުގެ އަގު ދަށް ކުރަން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް ކޮންޓްރޯލް ކޮށްގެން އެ ކުންފުނިން ވިއްކަން ފަށާފައިވާ ކަމަށާ އާއްމުންނަށް ބޭނުންވާ ވަރަށް އެ ބާވަތްތައް އެ ކުންފުނިން މިހާރު ލިބޭނެ ކަމަށެވެ.

"ކޮންމެ މީހަކަށް ބިސް ޓްރޭއެއް އަދި ފިޔާ، އަލުވި ކިލޯއެއް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ފިޔަ އާއި އަލުވި ކިލޯއެއް ވިއްކާނީ 12ރ. އަށެވެ. އަދި ބިހެއް ވިއްކަނީ 1.30ރ. އަށެވެ. ނަމަވެސް ބާޒާރުގައި ފިޔާ އަދި އަލުވި ކިލޯއެއް ހުރީ 25ރ. އާއި 30ރ. އަށެވެ. އަދި ބިހެއްގެ އަގު ވަނީ 2:30 އަށްވުރެ މަތިވެފަ އެވެ.

ބާޒާރުގައި ބިސް ކޭހެއް މިހާރު ލިބެނީ 400ރ. އާއި 550ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު ހުރީ 600ރ. އާއި 650ރ. އާ ދެމެދުގަ އެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ހުރީ 350ރ. އާއި 450ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ.