ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާތީ، އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯއިން ބުނީ ވޭތުވެދިޔަ ދެ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އަދި މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑު ނުވާ މިންވަރަކަށް ބޮޑުވެފައި ކަމަށެވެ. އެހެންވުމުން، އެސްޓޯ އަށް ތެޔޮ ގަންނަން ލިބޭ އަގު ވެސް ވަނީ ބޮޑުވެފައިވާ ކަމަށެވެ.
މި ބަދަލުގެ ސަބަބުން ރާއްޖޭގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް އެ ކުންފުނިން ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ޑީސަލް ލީޓަރަކުން 0.89 ލ. އަދި ޕެޓްރޯލް ލީޓަރަކުން 0.44 ރ. ބޮޑު ކޮށްފައިވެ އެވެ. މި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 11.16 ރ. އަށެވެ. ޑީސަލް ލީޓަރެއްގެ އަގު ވަނީ 11.84 ރ. އަށް އުފުލިފަ އެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގު ބޮޑު ކުރީ ޖުލައި 15 ވަނަ ދުވަހު އެވެ. އެ ދުވަހު ގެނައި ބަދަލާއެކު ޑީސަލް ލީޓަރަކުން 0.23 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.98 ލާރި ބޮޑުވި އެވެ. އަދި މި މި ބަދަލު ގެނައުމުން ޑީސަލް ލީޓަރެއް ވިއްކަމުން ގެން ދިޔައީ 10.95 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 10.72 ރުފިޔާ އެވެ.
ކޮވިޑް-19 އަށްފަހު ދުނިޔޭގެ އިގްތިސޯދު ހަމައަކަށް އެޅެން ފެށުމާއެކު ތެލަށް އޮތް ޑިމާންޑް ވަނީ އުފުލިފަ އެވެ. ހާއްސަކޮށް ޗައިނާގެ އިގްތިސޯދު ރަނގަޅުވެ ތެލުގެ ޑިމާންޑް މަތިވަމުން ދިއުމާއެކު ސާފު ނުކުރާ ތެޔޮ ފީފާއަކުން 1.5 ޑޮލަރު ނުވަތަ 1.5 ޕަސެންޓް ވަނީ އުފުލިފަ އެވެ. މި ބަދަލާއެކު މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 83.65 ޑޮލަރުގަ އެވެ.