ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ބޮޑު ހޭދައެއް އެންޑީއެމްއޭ އިން: 867.9 މިލިއަން ރުފިޔާ އަށް

Apr 6, 2021
1
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން: ކޮވިޑް ހޭދަ ވަނީ ވަރަށް ބޮޑުވެފައި
0%
0%
100%

ކޮވިޑް-19 އާ ގުޅިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކޮށްފައިވާ ހޭދަ 867.9 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ ހޭދަ އަންގައިދޭން ސަރުކާރުން ނެރޭ "ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ދައްކާ ގޮތުން މި މަހުގެ ފަސް ދުވަހުގެ ނިޔަލަށް އެންޑީއެމްއޭ އިން 867.9 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

އެންޑީއެމްއޭއިން ކުރި ހޭދައިގެ ތެެރެއިން މުވައްޒަފުންނަށް އެލަވަންސުގެ ގޮތުގައި 36 މިލިއަން ރުފިޔާ ދީފައިވެ އެވެ. އަދި ކެޕިޓަލް އިކްއިޕްމަންޓަށް 112.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، އޮޕަރޭޝަން އެކްސްޕެންޝަން ސާވިސްއަށް 114.1 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

މީގެ އިތުރުން ތަކެތި ހޯދަން ކުރި ސަޕްލައި ތަކަށް 362.7 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. އަދި ޓްރެވަލް އެކްސްޕެންޝަނަށް 39.8 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ކޮވިޑް-19 އިގެ ސްޕެންޑިން ރިޕޯޓް ދައްކާ ގޮތުން މި ބަލި ކޮންޓްރޯލް ކުރަން ކުރާ ސިއްހީ ހޭދައަށް ކުރި ހަރަދު 3.3 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ޖެހިފައި ވެއެވެ. މިހާތަނަށް ހެލްތުގެ ހޭދައަށް 1.6 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، އިކޮނޮމިކް ހޭދަ ވެސް އުޅެނީ 1.6 ބިލިއަން ރުފިޔާގަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަމީތް

ސާބަހޭ ކުދިންނޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345