ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ލޭ ހަދިޔާކޮށް، ކޮތަރަށް ކާންދޭންވެސް ފުލުހުން

މިދުވަސްވަރު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ ފުލުހުން ލޭ ހަދިޔާ ކުރަން ފަށައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން ތިބޭނީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ. އަދި ލޭ ހަދިޔާ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ވަނީ މިދުވަސްވަރު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި އެންމެ ދުވަހަކަށް ބޭނުންވާ ވަރަށްވެސް ލޭ ނެތް ކަމަށް އެމްބީއެސްއިން މިއަދު ވަނީ ބުނެފައެވެ.

ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ވެސް ލޭ ހަދިޔާ ކުރެވެ އެވެ. އެގޮތުން ހެދުނު 8:00 ފެށިގެން މެންދުރު ފަހު 15:00 އަށް ލޭ ހަދިޔާ ކުރެވޭނެ އެވެ.

ކޮތަރުތައް މަރުވާތީ ފުލުހުން ކޮތަރަށް ކާންދޭނެ

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ކާންނުލިބި މަރުވަމުންދާތީ ފުލުހުން ވަނީ އެ ތަކެއްޗަށް ކާންދިނުމުގެ މަސައްކަތްވެސް ފަށާފައެވެ.

މިއަދު ޝޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މަރުވެފައިވާ ކޮތަރުތަކުގެ ފޮޓޯއާއި، ވީޑިއޯ ހިއްސާ ކުރަމުންނެވެ. މީގެ ކުރިން ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ކާންދޭ ގިނަ ބަޔަކު ދެއެވެ. އެހެން ނަމަވެސް މިދުސްވަރު މާލެ ލޮކްޑައުން ކޮށްފައިވާތީ އެކަން ވަނީ ހުއްޓިފައެވެ.

ސީޕީ ވިދާޅުވީ އެކަންވެސް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އެ މަންޒަރު ފެންނަ ފޮޓޯއެއްވެސް ސީޕީ ވަނީ ޓްވީޓް ކޮށްފައެވެ.