ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްއާރްސީއެމް

ބިދޭސީންގެ ހާލަތު އިތުރަށް ގޯސްވެއްޖެ: އެޗްއާރްސީއެމް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު، ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން އިތުރަށް ގޯސް ވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަރަށް ގިނަ އަސާސީ ހައްގުތަކަކުން ބައެއް ބިދޭސީ މަސައްކަތްތެރިން މަހްރޫމުވެފައި ވާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބިދޭސީން މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ކަށަވަރު ކުރުމަކީ ބިދޭސީން ރާއްޖެއަށް ގެންނަ ފަރާތްތަކުގެ ޒިންމާއެއް ކަމަށާ އެ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއުންބުއިމުގެ ކަންކަން ހަމަޖައްސައި ދިނުމާއި ބަލި ވެއްޖެ ނަމަ ބޭސް ފަރުވާ ކޮށްދިނުން ފަދަ އަސާސީ ކަންކަން ފުރިހަމަ ކޮށްދޭން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އެ ޒިންމާތައް އަދާ ނުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާ އެފަދަ ފަރާތްތައް ޒިންމާދާރުކުރުވުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާފައި ވެއެވެ.

"... ތަފާތު ސަބަބުތަކާހުރެ، ސައްހަ ލިޔެކިޔުން ނެތި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ވެސް މި ދަނޑުވަޅުގައި ފޯރުކޮށްދޭން ޖެހޭ އިންސާނީ އަދި އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އިލްތިމާސްކުރަމެވެ،." ހަމައެކަނި ނޫސްބަޔާންތަކުން މީޑި އާއި އާންމުންނަށް މައުލޫމާތު ހިއްސާ ކުރާ ކަމަށް ފާހަވެފައިވާ ކޮމިޝަންގެ މި ފަހަރުގެ ބަޔާނުގައި ވެއެވެ.