ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވިއަން

ބަންގްލަދޭޝްގެ 200 މީހަކު ފޮނުވާލައިފި

Jul 4, 2020
1

ބަންގްލަދޭހުން އައިސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ އެ ގައުމުގެ 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން މޯލްޑިވިއަންގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށެވެ. މިހާތަނަށް ބަންގްލަދޭހުގެ ހާހަކަށް ވުރެ ގިނަ މީހަކު އަނބުރާ ގައުމަށް ފުރުވާލާފައިވާ އިރު އެ ގައުމުގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީން ގުޅިގެންނެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތަކެއް ބާއްވަމުންނެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންްގަލާދޭހުގެ މީހުންނެވެ. ސަރުކާރުން ބިދޭސީން ފުރުވާލަން ކުރާ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީލަންކާގެ ގިނަ ބަޔަކު ވަނީ ފުރުވާލި އެވެ. އެއީ ގަވައިދާ ހިލާފު މީހުން ކަމެއް ސާފެއް ނުވެ އެވެ.

ރާއްޖެއިން މިހާތަނަށް 2410 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ބަންގަލާދޭހުގެ މީހުނެވެ. އެ ގައުމުގެ 1257 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ތެރެއިން އެ ގައުމުގެ ހަތަރު މީހުން ހިމެނެ އެވެ.