ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

5،733 ބަންގްލަދޭޝް މީހުން ފުރުވާލައިފި

މޯލްޑިވިއަން އިން މިހާތަނަށް 5،733 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލަން ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތަކެއް ބާއްވަމުންނެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިތުރު 200 ބަންގްލަދޭޗް ރައްޔިތުންނާއެކު ޑާކާ އަށް މިއަދު 30 ވަނަ ފްލައިޓް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 5733 ބަންގްލަދޭޝް މީހުން މިހާރު އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށްވެސް އެއެއާލައިނުން ވަނީ ބުނެފަ އެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބަންްގަލާދޭހުން މީހުންނެވެ. ސަރުކާރުން ބިދޭސީން ފުރުވާލަން ކުރާ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީލަންކާގެ ގިނަ ބަޔަކު ވަނީ ފުރުވާލި އެވެ. އެއީ ގަވައިދާ ހިލާފު މީހުން ކަމެއް ސާފެއް ނުވެ އެވެ.

ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ކޮންމެ ދުވަހަކުވެސް އެނބުރި ގައުމަށް ފުރުވާލަމުންދާއިރު ބައެއް މީހުން ދަނީ އެނބުރި ގައުމަށް ދިއުމަށް އެދި މާލެ ސިޓީގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމުގެ މައްސަލަތަކާއި ކޮވިޑްގެ ހާލަތާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދެވޭ މައްސަލަތައް ވަނީ މި ފަހުން ފެންމަތިވެފަ އެވެ.