ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މެންޗެސްޓާ ޔުނައިޓެޑް

ލޮކްޑައުންގައި ކުޅުންތެރިން ކުރަނީ ބޭކާރު ކަންކަން

މެންޗެސްޓާ ޔުނައިޓަޑްގެ ބައެއް ކުޅުންތެރިން ލޮކްޑައުންގައި ކުރަނީ ބޭކާރު ކަންތައްތައް ކަމަށް، އެ ކުލަބުގެ ޑޮކްޓަރު ސްޓީވް މެކްނެލީ ބުނެފި އެވެ.

މެކްނެލީ، ފާހަގަ ކުރަނީ، ލޮކްޑައުންގައި އަމިއްލައަށް ކަންކަން އުޅެ ޔުނައިޓަޑްގެ ކުޅުންތެރިންޔަކު ގައި ފިހުމާއި އަދި އެހެން ކުޅުންތެރިޔެއްގެ ގައިގައި ކުއްތާއެއް ދަތް އެޅުމުން އެކަމަށް އިޝާރާތް ކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން ސީޒަން މެދުކަނޑާލުމުން، ޔުނައިޓަޑްގެ ކުޅުންތެރިންނަށް އަންގާފައި ވަނީ ގޭގައި ތިބެ ފިޓްނަސް ހިފެހެއްޓުމަށް އަމިއްލައަށް ޓްރޭނިން ހެދުމަށާއި އަރާމު ކުރުމަށެވެ. މެކްނެލީ ބުނީ، އެހެން އަންގާފައި އޮތްއިރުވެސް ކުޅުންތެރިން ކުރާ ބޭކަރު ކަންކަމުން އިންޖަރީ ވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

"ނަސީބަކުން ގިނަ ކުޅުންތެރިންގެ ހާލު ރަނގަޅު، އެ ކުޅުންތެރިން ދަނީ ރަނގަޅަށް މަސައްކަތް ކުރަމުން، މައްސަލަ ދިމާވި ނަމަވެސް މާބޮޑު ސީރިއަސް މައްސަލައެއް ނެތް،" ކުލަބުގެ އެޕްގައި މެކްނެލީ ބުނެފައި ވެއެވެ. "މާބޮޑެތި އިންޖަރީތަކެއް ނެތް ނަމަވެސް ބައެއް ކުޅުންތެރިންގެ އަބަހުރި ކަންކަން އުޅުމުގެ ތެރޭގައި އަތް ފިއްސާލާފައި އެހެން ކުޅުންތެރިއެއްގެ ގައި ކުއްތާ ދަތް އަޅާފައި."

އޭނާ ބުނީ، ލޮކްޑައުންގައިވެސް ކުޅުންތެރިންގެ ކަންކަން ހަމަޖެއްސުމަށް ޔުނައިޓަޑުން އިންތިޒާމުތައް ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެގޮތުން އެންމެ ރަނގަޅު ޑެލިވަރީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާއެކު ޔުނައިޓަޑުން އެއްބަސްވުމެއް ހަދައި ކުޅުންތެރިންނަށް ބޭނުންވާ ތަކެތި ކުޅުންތެރިން ދިރިއުޅޭ ގެއަށް ފޯރުކޮށް ދިނުމަށް އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.