ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބަންގްލަދޭޝް

ރައީސްގެ ޝުކުރު ހަސީނާއަށް

ބަންގްލަދޭޝްއިން ރާއްޖެއަށް ވެދިން އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވައިފި އެވެ.

އެމަނިކުފާނު މިއަދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ފޯނުން ގުޅުއްވާ ކޮވިޑް-19 ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ބަންގްލަދޭޝްއާ ނޭޕާލްގައި ތިބި 71 ދިވެހިން ރާއްޖެ ގެނައުމަށް ބަންގްލަދޭޝް ސަރުކާރުން ވެދެއްވި އެހީތެރިކަމާއި، ރާއްޖެއަށް މެޑިކަލް ޓީމެއް ފޮނުއްވައި ދެއްވާފައިވާތީ އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޭނުންވާ ބޭހާ، މެޑިކަލް އިކުއިޕްމަންޓް އަދި އަސާސީ ބައެއް ތަކެތި އެ ގައުމުން ހަދިޔާކޮށްދެއްވާފައިވާތީ އެކަމަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގެނައީ ބަންގަލްދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. އެ ދިވެހިންގެ އިތުރުން ކޮވިޑް-19 އިގެ މަސައްކަތުގައި އެހީތެރިވުމަށް 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް ރާއްޖެ އައިސްފައިވެއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޭނުންވާ ބޭހާ، މެޑިކަލް އިކުއިޕްމަންޓް އަދި އަސާސީ ބައެއް ތަކެތި ހިފައިން ބަންގްލަދޭޝްގެ މަނަވަރެއް ރާއްޖެ އައިސްފައިވަނީ މިއަދުއެވެ.