ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާ އާއި ބަންގްލަދޭޝްގެ އެހީއަށް އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ދެ ގައުމެއްގެ އެހީތެރި ކަަމަށް އެދިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
0%
0%
0%

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝްގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ އިންޑިއާ އާއި ބަންގަލަދޭޝްގެ އެހީތެރިކަމަށް ސަރުކާރުން އެދިފައިވާނެ ކަމަށާ ނަމަވެސް އެ ދެ ގައުމުގެވެސް އެތެރޭގެ ހާލަތު ހުރި ގޮތުން އަދި ރާއްޖެއަށް އެހީތެރިކަން ދެވޭ ގޮތް ވެފައި ނުވަނީ ކަމަށެވެ. ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯސް އެއް ގައުމަކީ އިންޑިއާ އެވެ. އެ ގައުމުގައި ކޮވިޑްގެ ބަލިމަޑުކަން ވަނީ އިންސާނީ ބޮޑު ކާރިސާއަކަށް ވެފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ހޯދަން ހެޔޮ އެދޭ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދިފައިވާނެ ކަމަށާ އެ ގައުމުތަކާއެކު ވާހަކަ ދައްކަމުންދާ ކަމަށެވެ.

ދިވެހި ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 500 އަށް ވުރެ ގިނަ ސިއްހީ ދާއިރާގެ ފަންނީ މީހުން ހޯދަން އިއުލާނުކޮށްފައިވާ ކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ޖޫން މަހުގެ ތެރޭގައި 100 ނަރުހުންނާއި 40 ޑޮކްޓަރުން ރާއްޖެ ގެންނާނެ ކަމަށެވެ.

ރާއްޖޭގެ ހެލްތު މިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެކްރޫޓިން އެޖަންސީއެއް ކަމަށްވާ "ނޮރްކާ ރޫޓްސް" އާއެވެ.

އެ ޕްރަގްރާމްގެ ތަފްސީލް ދެއްވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގެ ފަންނީ މީހުން ހޯދަން ކޮށްފައިވާ އިއުލާނާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަޒީފާ އަށް ކުރިމަތިލާފައިވާ ކަމަށާ މިހާރު ކުރަމުން ދަނީ އިންޓަވިއުގެ މަސައްކަތް ކަމަށެވެ. ޖޫން މަހުގެ މެދުތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވެސް ވަނީ ދެއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345