ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ހަރުކަށި ފިޔަވަޅާއެކު ކާފިއު އިތުރު ހަފްތާއަކަށް

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ ދެ ހަފްތާ ކުރިން އެޅި ހަރުކަށި ފިޔަވަޅުތައް ދަންމާލައިފި އެވެ.

މީގެ ދެ ހަފްތާ ކުރީން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކޮށްފައިވަނީވެސް ކޮންމެ ގޭބީސީއަކަށް ދެ މީހަކަށެވެ.

މިއަދު ރަައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާ ނަމަވެސް އާންމު ހާލަތަށް ދިއުމަށް އަދިވެސް ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު ކަމަށެވެ. އެހެން ކަމުން ދެ ހަފްތާގެ މުއްދަތަށް އެޅި ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަންމާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ލުއިތައް ދިނުމާމެދު ގޮތްތަކެއް ނިންމަވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުނުވާނަމަ އަދި އިތުރު ހަފްތާއަކަށްވެސް ފިޔަވަޅުތައް ދަންމާލަން ޖެހިދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ލުއި ދެވެން އޮތް މިންވަރަކަށް ލުއި ދޭނަން. އަދި ސްޓްރިކްޓް ކުރަންޖެހޭ ނަމަ އެކަންވެސް ކުރާނެ،"

މާލެއިން ރަށްރަށް ދާން ހުއްދަދޭ އުސޫލުވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ. އައު އުސޫލުގައިވާ ގޮތުގެ މަތިން މާލެ ސަރަހައްދުން ރަށްރަަަށަށް ދަތުރުކުރުމަށް ދެން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އައިސް އެނބުރި ދާންޖެހޭ މީހުންނާއި އެފަދަ މީހަކާއެކު ކޮންމެހެން ދާންޖެހޭ މީހުންނަށެވެ. އަދި މާލޭގައި ވަޒީފާ އަދާކުރަމުންދާ ވަޒީފާ ހުއްޓާލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި ތިބުން ދަތިވެފައިވާ މީހުންނާއި މާލޭގައި ދިރިއުޅެން ނެތިގެން ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންނާއި ތައުލީމު ހާސިލު ކުރުމަށް މާލެ އައިސް ކިޔަވާ ނިމިފައިވާ ދަރިވަރުންނަށްވެސް ހުއްދަ ދޭނެ އެވެ. ނަމަވެސް ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ދަރިވަރުންނާއި ޗުއްޓީއަށް ރަށްރަށަށްދާން ހުއްދަ ނުދޭނެ އެވެ.

މީގެ އިތުރުން މައިންބަފައިން ބަލިވުން ނުވަތަ އަނބިމީހާ ވިހެއުންފަދަ ކަންކަމުގައި ރަށަށް ދާން އެދޭ މީހުންނަށް ހުއްދަ ދޭނެ އެވެ.