ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ހާލަތު ގޯސްވީ ލުއިތަކުގެ ސަބަބުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: ހާލަތު ގޯސްވީ ލުއިތަކުގެ ސަބަބުން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
0%
0%
100%

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ނުރައްކާވީ އޭޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރު ދެކެމުން ދަނީ ކޮވިޑްގައި ދިވެހިން ތަޖުރިބާކޮށްފައިނުވާފަދަ ހާލަތެއް ކަމަށެވެ. މި މަހުގެ މިހާތަނަށް 28،600 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މި މަހު އެކަނިވެސް 71 މީހަކު މަރުވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކޮވިޑްގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހާއި މި މަހާ ނަންބަރު ހުރީ އެއް މިންވަރެއްގައި ކަމަށެވެ.

ރައީސް ވިދާޅުވީ އޭޕްރީލް މަހު ތެރޭދިން ލުއިތަކަކީ ރަނގަޅަށް ދެވުނު ލުއިތަކެއް ނޫން ކަމަށާ ނަމަވެސް އެކަމާއި ގުޅިގެން ވަކި ބަޔަކު ކުށްވެރި ކުރައްވާ ވާހަކަދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް މެނޭޖްކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށާ މެނޭޖު ކުރުމުގައި ފެއިލްވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އޮތީ ހާއްސަ ހާލަތެއް އައިސްފައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 58،345 މީހަކަށް ވަނީ ބަލިޖެހިފައެވެ. މިހާތަނަށް 144 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345