ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ކެންޕެއިނަށް އެހީތެރިވާން ބަންގްލަދޭޝްގެ ޓީމެއް

ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް އައި ބަންގްލަދޭޝްގެ އެއާފޯސްގެ މެޑިކަލް ޓީމް --
0%
0%
0%

ކޮވިޑް-19ގެ ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއާފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެ އެވެ.

އެ ގައުމުން މިއަދު ރާއްޖެ އަައީ 10 ނަރުހުންނާއި ހަތް މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނޭ ޓީމެކެވެ. އެ ޓީމު ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން މަސައްކަތް ކުރާނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ ތިނަދޫ އާއި ލ ގަން އަދި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގައެވެ. މި ޓީމް ދެ މަސް ދުވަހު ރާއްޖޭގައި ތިބޭނެއެވެ.

ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ވެކްސިން ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން، އިއްޔެގެ ނިޔަލަށް 123،665 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ ފުރަތަމަ ދުވަހުން ފެށީގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން ގެންދަވާ ލީޑާޝިޕަށް އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910