ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާއިން 200،000 ވެކްސިން ޑޯޒް ދޭނެ ކަމަށް ބުނެފި

ފޮރިން މިނިސްޓަރާއި ޗައިނާ ސަފީރު ބައްދަލު ކުރެއްވުން -- ފޮޓޯ | ފޮރިން މިނިސްޓަރު
0%
0%
0%

ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ 100،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާ އެކަން އިއުލާނު ކޮށްފައިވަނިކޮށް އިތުރު 100،000 ވެކްސިން ޑޯޒް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖޭންގް ލީޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު މިއަދު ބައްދަލު ކުރެއްވުމަށް ފަހުއެވެ.

ޗައިނާއިން 100،000 ވެކްސިން ޑޯޒް ދޭނެ ކަމަށް ފުރަތަަމަ އިއުލާނުކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭގެ އެއްމަސް ފަހުން މިއަދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވީ ކުރިން އިއުލާނުކުރި 100،000 ޑޯޒްގެ އިތުރުން އިތުރު 100،000 ޑޯޒް ދޭން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ވެކްސިން ރާއްޖެ ގެނެވޭނެ ވަކި ދުވަހެއް ވިދާޅެއް ނުވެއެވެ.

ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިންވެސް ރާއްޖޭގަައި ބޭނުން ކުރާނެ ކަމަށާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމުން ވެކްސިން ޖަހަން ފަށާނެ ކަަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ބްރޭންޑްގެ 5000 ޑޯޒް ރާއްޖޭގައި މިހާރުވެސް އެބަ ހުއްޓެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފެށީ އިންޑިއާއިން ހަދިޔާކުރި 10،000 ވެކްސިން ޑޯޒްއާއެކުގައެވެ. އިއްޔެ ނިޔަލަށް 129،000 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ.

އިންޑިއާއިން ވަނީ އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ ނިންމުން ހާމަކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބުރަހްމަންޔަން ޖައިޝަންކަރު މި މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެ ވެކްސިން ރާއްޖެ ގެނެސް މިހާރު ދަނީ ޖަހަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910