ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބަންގްލަދޭޝް

ކާބޯތަކެއްޗާއެކު ބަންގްލަދޭހުން ބޯޓެއް ފޮނުވައިފި

އެހީގެ ގޮތުގައި 10 ޓަނުގެ ކާބޯތަކެތި ހިފައިގެން ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މި ބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ އާއި ބިހާއި މުގާއު އަލުއްވާއި ކުކިން އޮއިލް އާއި ބަރަބޮލާއި ތޮރާ، ކަރާ އަދި އަލަނާސި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މީގެ ކުރިންވެސް އެ ގައުމުގެ އަސްކަރީ މަނަވަރެއްގައި ވަނީ ރާއްޖެއަށް 100 ޓަނުގެ ހިލޭ އެހީ ފޮނުވައި ދީފަ އެވެ. އެ ފްލައިޓްގައި ބޭހާއި ބައެއް މެޑިކަލް އިކުއިޕްމަންޓް ވެސް ރާއްޖެއަށް ގެނަ އެވެ.