ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ދެކުނު ކޮރެއާގެ އެހީތެރި ކަމަށް އެދިއްޖެ

Apr 23, 2020
3

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވެ ދިނުމަށް ދެކުނު ކޮރެއާގެ ކިބައިން އެދިއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މިހާރު ހާލަތު ސާފު ކޮށްދެއްވާފަ އެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަމާއި އިންޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ މި ހާލަތުގައި ރާއްޖެއަށް ކުރިމަތިވާނެ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ތަފްސީލް ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މި މަޝްވަރާގައި ރާއްޖެއިން ވަނީ ކޮރެއާގެ އެހީތެރި ކަމަށް އެދިފަ އެވެ. އެގޮތުން ރާއްޖެއަށް މިވަގުތަށް ބޭނުންވާ މުހިންމު އެހީތެރިކަން އެ ގައުމުން ފޯރު ކޮށްދޭން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.