ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން ގެންނަ ބޭހުގެ ޝިޕްމަންޓް ބުރާސްފަތި ދުވަހު

Mar 31, 2020

ސަރުކާރުގެ މައި ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޯޑަރު ކޮށްފައިވާ ބޭހުގެ ޝިޕްމަންޓް، އަންނަ ބުރާސްފަތި ދުވަހު އިންޑިއާއިން ރާއްޖެ ގެންނަން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކޮށްފައިވާއިރު، އެ ގައުމުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އެރުމާ ގުޅިގެން ރާއްޖެ ގެންނަން ތައްޔާރު ކޮށްފައިވާ ބޭހުގެ ޝިޕްމަންޓްތައް ނުގެނެވި ހުރުމުން އެތަކެތި ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އޯޑަރުކޮށްފައިވާ ހުރި ބޭސް ހުރި ފަސް ސިޓީއަކުން، އެއްތަނަކަށް ގެންގޮސް، ރާއްޖެ ގެނައުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން، އެތަކެތި ގެންނަން އެމްއެންޑީއެފާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.