ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިއްހަތު

މެލޭރިއާ ބޭހުން ކޮވިޑް-19 ރަނގަޅެއް ނުވޭ: ދިރާސާ

ކޮރޯނާވައިރަހަށް އެންމެ ރަނގަޅީ މެލެރިއާ ޑްރަގެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޮކުއިން ކަމަށް ވިދާޅުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޑްރަމްޕް އެ ބޭސް އިޝްތިހާރު ކުރެއްވުމުން ދުނިޔޭގެ ސަމާލުކަމަށް މި ބޭސް އައިސް އެއްބަޔަކު އަމިއްލައަށް ބޭސް ހޯދައިގެން ކައި ހަދާފައި ވެއެވެ. އަދި ވަރަށް ގިނަ ހޮސްޕިޓަލުތަކުގައި ވެސް ޑޮކްޓަރުން މި ބޭސް ކޮވިޑް-19 ޖެހޭ މީހުންނަށް ދެމުން ދެ އެވެ. ނަމަވެސް ފަހުން ހޯދުންތަކުން ދައްކާ ގޮތުން މި ބޭސް ދިނުމުން މަރުވާ މީހުން އިތުރުވެ އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ބޭހުގެ ފައިދާ އެއްވެސް ވަރަކަށް ނުކުރެ އެވެ.

ޓައިމްގައިވާ މި ރިޕޯޓު ބުނާ ގޮތުގައި މި ދިރާސާ ބިނާ ކޮށްފައި ވަނީ އެމެރިކާގެ ވެޓެރަންސް ހޮސްޕިޓަލް ތަކަކުން ހަދާފައިވާ އެނަލިސިސް ތަކަކަށެވެ.

މި ދިރާސާގައި 368 ބަލިމީހެއްގެ ކޭސް ސްޓަޑީއަށް ބަލާފައި ވެއެވެ. އެއީ ހައިޑްރޮކްސީކްލޮރޮކުއިން ދިން މީހުންނާއި އެ ބޭހާއެކު އެންޓިބައޮޓިކް އެޒިތުރޮމައިސިން ދިން މީހުންނެވެ.

ސައިންސްވެރިން މި ދިރާސާގައި ދުވަސްވީ މީހުން ބައިތިއްބާ އެތައް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ކޮވިޑް-19 އަށް ފަރުވާދިން 368 ފިރިހެން ބަލިމީހެއްގެ މެޑިކަލް ރެކޯޑްސް އެނަލައިޒްކޮށްފައި ވެއެވެ. މިއީ އެޕްރީލް 11 އާ ހަމައަށް އެ ހޮސްޕިޓަލުތަކުން މަރުވެ ނުވަތަ ޑިސްޗާޖްކޮށްފައިވާ ބައެކެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި މި މީހުންގެ ތެރެއިން ހައިޑްރޮކްސީކްލޮރޮކުއިން އާއެކު އާއްމުކޮށްދޭ އެހެނިހެން ފަރުވާތައް ދިން 28 ޕަސެންޓް މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް އެ ބޭހާ ނުލާ އާދައިގެ ގޮތެއްގައި ދޭ ފަރުވާ ދިން މީހުންގެ ތެރެއިން މަރުވީ 11 ޕަސެންޓެވެ. އަދި މި ބޭހާއެކު އެޒިތުރޮމައިސިން ދިން މީހުންގެ ތެރެއިން ވެސް 22 ޕަސެންޓް މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ނޭވާލާ މެޝިނުގެ ބޭނުން ޖެހޭ މީހުންނަށް ވެސް ހައިޑްރޮކްސީކްލޮރޮކުއިން ދީގެން އެއްވެސް ތަފާތެއް ނުފެނެ އެވެ.

ސައިންސްވެރިން ބުނަނީ މި ބޭޙުގެ ސައިޑް އިފެކްޓްސްތައް އެއްފަރާތްކޮށްފައި ބެލިޔަސް ބޭހުން އެތެރެހަށީގެ ގުނަވަންތައް ހަލާކުވާޚަމަށް ބެލެވޭ ކަމަށެވެ.

ހައިޑްރޮކްސީކްލޮރޮކުއިން އަކީ ވަރަށް ވަރުގަދަ ސައިޑް އިފެކްޓްސްތަކެއް ހުންނަ ކަމަށް އަބަދުވެސް ބެލެވިފައިވާ ބޭހެކެވެ. އެގޮތުން މި ބޭސް ބޭނުންކުރުމުން ހިތުގެ ހިނގުމަށް ބަދަލުއައިސް ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ވެސް އޮވެ އެވެ.
ބްރެޒީލްގެ ސައިންސްވެރިން ވެސް މި މަހު ކުރަމުންދިޔަ ދިރާސާއެއް ވެސް ހައިޑްރޮކްސީކްލޮރޮކުއިންގެ ތަންކޮޅެއް މުސްކުޅި ވައްތަރެއް ކަމަށްވާ ކްލޮރޮކުއިން ދިނުމުން ހިތުގެ ހިނގުމަށް ބަދަލު އަންނަކަން އެނގިގެން ވަނީ ހުއްޓާލާފަ އެވެ.

މި ބޭސް ބައެއް ޑޮކްޓަރުން މިހާރު ދިން ނަމަވެސް ގިނަ ޑޮކްޓަރުންގެ ހިތުގައި މި ބޭހާ މެދު އެހާ ޔަގީންކަމެއް ނޯވެ އެވެ. ޚާއްސަކޮށް ސައިޑްއިފެކްޓްސް ގިނަ ކަމުން ބޭސް ދިނުމަށް ޖެހިލުން ވެއެވެ. މި ބޭހަކީ ކޮރޯނާވައިރަސް އަށް ފަރުވާކުރަން "އަޖައިބެއް ފަދަ މޮޅު" ބޭހެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވުމުން ވަރަށް ގިނަ ބަޔަކަށް ބޭހުގެ ހަގީގަތް އޮޅި މި ބޭސް ދިނުމަށް ޑޮކްޓަރުންނަށް ޑިމާންޑް ކުރާ ކަން ވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.