ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑާއެކު ގަނޑުލޭ އުފެދޭ ކަމުގެ ކަންބޮޑުވުން!

May 17, 2020

ކޮވިޑް-19 އިގެ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން ހާލު ސީރިއަސްވާ މީހުންގެ ތެރެއިން 30 ޕަސަންޓް މީހުންގެ ފުއްޕާމޭގައި ނުރައްކާތެރި ގަނޑުލޭ އުފެދޭކަމަށް ބުނެ ބައެއް ސިއްހީ މާހިރުން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެގޮތުން، ކޮވިޑް-19 ޖެހިގެން ގިނަ ބައަކު މަރުވަމުން ދަނީ "ތްރޮމްބޯސިސް" ނުވަތަ ގަނޑުލޭ އުފެދުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވަނީ ލަފާ ކުރައްވާފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބައެއް މީހުނަށް ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވާއިރު، އެގޮތަށް ގަނޑުލޭ އުފެދެން މެދުވެރިވަނީ ވައިރަސް ޖެހޭ މީހުންގެ ފުއްޕާމެއަށް ދިމާވާ މައްސަލުތަކުގެ ތެރެއިން ކަމަށް ވެސް ވިދާޅުވެ އެވެ.

ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، މިދިއަ މާޗު މަހުގެ ތެރޭގައި މުޅި ދުނިޔެއަށް ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިގެން ދިއަ ދުވަސްވަރު، ހޮސްޕިޓަލުގައި އެޑްމިޓުކުރި މީހުންގެ ތެރެއިން އާދަޔާ ހިލާފަށް ގަނޑުލޭ އުފެދިފައިވާ ކޭސްތަކެއް ފާހަގަ ކުރެވިފައިވެ އެވެ.

އެގޮތުން، އެއް ބައި ޕޭޝަންޓުންގެ ފުއްޕާމޭގެ ތެރެއިން 100 އަށްވުރެ ގިނަ ކުދިކުދި ގަނޑުލޭ ކޮޅު ފެނިފައިވާކަމަށް ވެސް ބައެއް މާހިރުން ވަނީ ވިދާޅުވެފަ އެވެ. ފުއްޕާމޭގެ އިތުރުން، ފައިގައި ގަނޑުލޭ އުފެދޭ ކޮވިޑް-19 އިގެ ޕޭޝަންޓުން ގިނަ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ހާލު ސީރިއަސްވެފައިވާ ޕޭޝަންޓުންނަށް ދިމާވާ ގަނޑުލޭގެ މައްސަލައާ ދެކޮޅަށް ބްލަޑް ތިނާސް ދިނުމުގައި ގޮންޖެހުންތައް ދަނީ ކުރިމަތުވުމުންނެވެ. އަދި ބްލަޑް ތިނާސް ދޭ މިންވަރު މާބޮޑަށް މަތިކޮށްފިނަމަ، ފުރާނައަށް ކުރިމަތިވާ ނުރައްކާ އިތުރުވާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރީންގެ ތަޖުރިބާ ހިއްސާކުރުމުގެ މަސައްކަތެއްވެސް ވަނީ ފެށިފަ އެވެ.