ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާ ފެކްޓްރީ ކްލަސްޓާ 300 އަށް ވުރެ މައްޗަށް

Oct 6, 2020

ކޮލޮމްބޯ (އޮކްޓޯބަރު 6) - ސްރީލަންކާގެ މިނުވަންގޮޑާގައި ހުންނަ ގާމެންޓް ފެކްޓަރީއިން އިތުރު 200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާއިން ބުނެފި އެވެ.

ލަންކާގެ އެކެޑެމީ އޮފް އެޕިޑެމިކް ޑިސީސަސް ޔުނިޓުގެ ޗީޕް އެޕިޑަމޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރަ ވިދާޅުވީ މިނުވަންގޮޑާގައި ހުންނަ ގާމެންޓް ފެކްޓަރީއިން މިއަދު 220 ޕޮޒިޓިވްވެފައިވާއިރު، އެ ފެކްޓަރީ ކްލަސްޓާގައި މިހާތަނަށް ޖުމްލަ 323 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިއްޔެ ހެދި 378 ޕީސީއާރު ޓެސްޓުން 220 މީހުން ޕޮޒިޓިވް ވެފައިވީ ނަމަވެސް، އެ ކްލަސްޓާ އިތުރަށް ފެތުރިގެން ދިއަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ފެކްޓަރީގައި ވަޒީފާ އަދާ ކުރާ ވަރަށް ގިނަ ބަޔަކު ވަނީ ޗުއްޓީއަށް ގޮސްފައި. އެގޮތުން، ޖެފްނާ، ކުރުނައިގަލަ، މާތަލޭ އަދި މޮނެރާގަލާ އިން ވެސް ވަރަށް އެ ފެކްޓަރީގެ މީހުން ތިބިކަން ވަނީ އެނގިފައި،" ޑރ. ސަމަރަވީރަ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ފެކްޓަރީއާ ގުޅުން ހުރި އިތުރު މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބަލީގެ އަލާމާތެއް ފެންނަ ފަރާތްތައް ލަސްނުކޮށް ހޮސްޕިޓަލަށް ދިއުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.