ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އާ ކޭސްތަކާއެކު ލަންކާގެ އެއާޕޯޓުތައް ހުޅުވާލުން ފަސްކޮށްފި

Jul 15, 2020
1

ކޮލޮމްބޯ (ޖުލައި 15) - ކޮވިޑް-19 އިގެ އާ ކްލަސްޓާއެއް ފެނުމާ ގުޅިގެން، ސްރީލަންކާގެ އެއާޕޯޓުތައް އަލުން ހުޅުވާލުން ފަސް ކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިއަ މާޗު މަހުން ފެށިގެން ބޭރު ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށް ލަންކާގެ ހުރިހާ އެއާޕޯޓުތައް ވަނީ ބޭރުގެ ފްލައިޓުތަކަށް ބަންދު ކޮށްފަ އެވެ. އަދި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވުމާ ގުޅިގެން އަންނަ އޯގަސްޓު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސްރީލަންކާގެ އެއާޕޯޓު ބޭރުގެ ފަތުރުވެރިންނަށް ހުޅުވާލަން އޮތީ ނިންމައިފަ އެވެ.

ނަމަވެސް، ކުރިން އޮތް ގޮތަށް އޯގަސްޓު މަހު ލަންކާގެ މައި އެއާޕޯޓު ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) ނުހުޅުވާނެ ކަމަށް ޓޫރިޒަމް އަދި އޭވިއޭޝަން މިނިސްޓަރު ޕްރަސަންނަ ރަނަތުންގަ ވަނީ ވިދާޅުވެފަ އެވެ.

"އެއާޕޯޓުތައް އަލުން ހުޅުވާނެ ތާރީހެއް ދަންނަވަން މިވަގުތު ދަތި. އަޅުގަނޑުމެން މިހާރު އެންމެ އިސްކަމެއް މިދެނީ ބަލި ފެތުރުން ކޮންޓްރޯލްކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތާށިވެފައިތިބި ރައްޔިތުން އަނބުރާ ގައުމަށް ގެނައުން،" މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށް، މިފަހުން އަނެއްކާވެސް އެ ބަލި ޖެހޭ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން، ޑްރަގް ރީހެބަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ފެނިފަ އެވެ.

ލަންކާއަށް އެތެރެވާ ޓޫރިސްޓުން ތިން ފަހަރު މަތިން އެ ބައްޔަށް ޓެސްޓު ކުރަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.

އެގޮތުން، ލަންކާއަށް ދާ ޓޫރިސްޓުންނަށް އެތެރެ ވެވޭނީ، ފްލައިޓަށް އެރުމުގެ 72 ގަޑިއިރު ކުރިން ދޫކޮށްފައިވާ ކޮވިޑް-19 ނެތް ކަމުގެ ސެޓުފިކެޓެއް އޮތް ނަމަ އެވެ. އަދި އޭގެ ސެޓުފިކެޓެއް އޮތް ފަރާތްތައް ވެސް، އެއާޕޯޓުގައި އެ ބައްޔަށް ޓެސްޓު ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުން ދެ ވަނަ ޓެސްޓެއް ހަދާއިރު، 10 ދުވަހަށް ވުރެ ގިނައިން ލަންކާގައި ތިބޭ ނަމަ، ތިންވަނަ ޓެސްޓެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.