ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މުދަލާއެކު 62 ބޯޓެއް އަތޮޅުތަކަށް

އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ މުދަލާއެކު 62 ބޯޓެއް އިއްޔެ މާލެއިން ފުރާފައިވާ ކަމަށް ނެޝަނަލް ހެލްތް އިމަޖަންސީ ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެއްވެސް ދަތިކަމެއްނެތި އަތޮޅުތެރެއަށް ކާޑުގެ ބާވަތްތަކާއި، އެ ނޫން އަސާސީ މުދާ ގެންދެވޭކަން އެ ސެންޓަަރުން ކަަަށަވަރު ކުރާނެ ކަމަށެވެ.

އިއްޔެ އެކަނިވެސް މުދާ ބަރުކޮށްގެން 62 ބޯޓެއް ފުރާފައިވާ ކަމަަށް މަބުރޫކް ވިދާޅުވިއެވެ. އެއީ ނޯތު ހާބަރުން ފުރި 19 ބޯޓަކާ ޓީ-ޖެޓީން ފުރި 43 ބޯޓެކެވެ.

އަދި މިހާރުވެސް ނޯތު ހާބަރުގައި 21 ބޯޓެއް އަދި ޓީ-ޖެޓީގަައި 44 ބޯޓެއް މުދާ ބަރުކުރަން އެބައޮތެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވީނަމަވެސް ނާލު އޮޑިފަހަރަަށް ހަމައެކަނި މުދާ ބަރުކުރުމަށް މާލެ އައުމުގެ ފުރުސަތު ވަނީ ދީފައެވެ.

އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން މޯލްޑިވިއަން އިން ކޮންމެ ދުވަހަކު ވެސް ޑޮމެސްޓިކް ހުރިހާ އެއާޕޯޓްތަކަށް ދަތުރުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް ރޭ މަބުރޫކް ވިދާޅުވިއެވެ.

އެ ދަތުރުތަކުގައި އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަދި އެހެނިހެން ބާވަތްތައް ގެންދާނެ އެވެ.

އެގޮތުން ކައުންސިލްތަކުން އެ ރަށްރަށައް ބޭނުންވާ ތަކެތީގެ ލިސްޓް އެލްޖީއޭއަށް ހިއްސާ ކުރުމުން އެލްޖީއޭއިން ކަނޑައަޅާ ގޮތެއްގެ މަތިން އެ ދަތުރުތައް އިންތިޒާމް ކުރަމުން ދާނެ ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

"އަތޮޅުތަކަށް މުދާ ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް މޯލްޑިވިއަންގެ ފަރާތުން ކާގޯ ދަތުރުތަކެއް ހުރިހާ ޑޮމެސްޓިކް އެއާޕޯޓްތަކަށް ކާގޯ ފްލައިޓްތަކެއް އެޅުމަށް ވަނީ ނިންމާފައި. ކޮންމެ ދުވަހަކުވެސް ގިނަ އަަދަދެއްގެ ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި. އަދި މި ދަތުރުތަކުގައި ކަރަންޓީން ފެސިލިޓީތަކުގައި ތިއްބަވާ ބޭފުޅުންގެ ތެެރެއިން ރިލީޒްކުރާ ބޭފުޅުން ރަށްތަކަށް ދިއުމުގެ ފުރުސަތު ވެސް ދެވޭނެ." އޭނާ ވިދާޅުވި އެވެ.